Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ވިޔަފާރި

މޮނިއުމެންޓް މުބާރާތުގެ ޑިޒައިންތައް އަލުން ރިވިއުކުރަނީ

މޮނިއުމެންޓް މުބާރާތުގެ ޑިޒައިންތައް އަލުން ރިވިއުކުރަނީ

ހުޅުމާލޭގެ ރައުންޑްއެބައުޓްތަކުގައި ބަހައްޓާ މޮނިއުމަންޓްތައް ޑިޒައިންކުރުމުގެ މުބާރާތުން އެއްވަނައަށް ހޮވުނު މޮނިއުމަންޓް ޑިޒައިންއަކީ އޭއައި ޑިޒައިންއެއް ކަމަށް ބުނާ މައްސަލަ ފެންމަތިވެއްޖެ އެވެ.

އެއްވަނައަށްދާ ފަރާތަކަށް އެއް ލައްކަ ރުފިޔާގެ އިނާމް ލިބޭ ގޮތަށް މިދިޔަ ސެޕްޓެމްބަރު މަހު ހުޅުވާލި އެ މުބާރާތަށް 7 ފަރާތަކުން ކުރިމަތިލި އެވެ.

އަދި އޭގެ ތެރެއިން އެއްވަނައަށް ހޮވުނު ފަރާތް އިއްޔެ އެޗްޑީސީން ވަނީ އިއުލާންކޮށްފަ އެވެ. އެއީ އަބްދުﷲ ޝައިމާން ވަހީދާއި އިބްރާހިމް އިފާޒު ހިމެނޭ ޓީމް އާކޯސް އެވެ.

Advertisement
HDC — Sidebar (box)

ނަމަވެސް އެޗްޑީސީން މިއަދު ބުނީ އެއްވަނައަށް ހޮވުނު ފަރާތުން ހުށަހެޅި ޑިޒައިންއަކީ އޭއައިއިން ހަދާފައިވާ ޑިޒައިންއެއްކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ.

އެހެންވެ ޑިޒައިންތައް އަލުން ރިވިއުކުުރުމުގެ މަސައްކަތް ފަށާފައިވާ ކަަމަށް ވެސް އެޗްޑީސީން ބުނެފައިވެ އެވެ.

އެޗްޑީސީން ބުނީ މީގެ ކުރިން އެ ޑިޒައިންތަކަށް މާކްސް ދިނީ ޕްރޮފެޝަނަލް ސްޓާފުންގެ ޖަޖުންތަކެއް ކަމަށެވެ.

"މި މުބާރާތުގެ މަގުސަދަކީ ހުޅުމާލޭގެ ތަރައްގީއަށް މި ކޯޕަރޭޝަންއިން ކުރަމުން އަންނަ މަސައްކަތުގައި ދިވެހި ފަންނުވެރިންގެ ހިޔާލާއި ވިސްނުން ހިމެނުން ކަމަށްވާތީ، މިފަދަ މުބާރާތްތަކުގައި ދިވެހި ފަންނުވެރިންނަށް ފުރުސަތު ނުލިބޭ ގޮތަކަށް މި ކޯޕަރޭޝަނުން އަމަލު ނުކުރާނެ ވާހަކަ ދެންނެވީމެވެ" އެޗްޑީސީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް