Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ސިޔާސީ މަގާމުގައި ތިބެ ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭ ގޮތަށް ނިންމުމުން ސުޕްރީމް ކޯޓަށް

ސިޔާސީ މަގާމުގައި ތިބެ ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭ ގޮތަށް ނިންމުމުން ސުޕްރީމް ކޯޓަށް

ސިޔާސީ މަގާމުގައި ތިބެ ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭ ގޮތަށް ހައިކޯޓުން ނިންމި ނިންމުން ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ މީގެ ކުރިން އެގޮތަށް ދައުލަތާ ދެކޮޅަށް ވަކާލާތު ކުރެއްވި އެންވަޔަރަމަންޓްގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ރާގިބު އަހުމަދު އެވެ.

ކުޑަކުއްޖަކާއި އެކު ޖިންސީ އަމަލެއް ހިންގިކަމުގެ ކުށް ސާބިތުވެފައިވާ މީހެއްގެ ދިފާއުގައި ރާގިބު ވަކާލާތުކުރި މައްސަަލަ މީގެ ކުރިން ހޫނުވެ ހައިކޯޓުން ވަނީ ސިޔާސީ މަގާމެއްގައި ހުންނެވި ބޭފުޅަކަށް ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭނެ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

ނަމަވެސް އެ މައްސަލަ ރާގިބް ވަނީ ސުޕްރީމްކޯޓުގައި އިސްތިއުނާފްކުރައްވައިފަ އެވެ.

މިދިޔަ ހަފްތާފައި އެ މައްސަލަ ސުޕްރީމްކޯޓަށް ހުށަހެޅި ނަމަވެސް މައްސަލަ ބަލައިގަތުމާމެދު އެ ކޯޓުން ވަކި ގޮތެއް ނުނިންމަ އެވެ.

ރާާގިބު "ދެން"އަށް ވިދާޅުވީ ގާނޫނަކުން މަނާ ނުކޮށް އޮތް ކަމެއް މަނާ ނުކުރެވޭނެ ކަމަށެވެ.

އެހެންވެ އެކަމާ މެދު ގޮތެއް ކަނޑައެޅޭނީ ސުޕްރީމް ކޯޓުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާގިބް ވަނީ ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައިވާތީ އެކަން ބާތިލުކުރުމަށް ވެސް ހުށަހަޅައިފަ އެވެ.

އެ މައްސަލައިގައި ރާގިބް ޑެޕިއުޓީ މިނިސްޓަރުކަމުން އިއްޔެ ވަނީ ވަކިވެސްކޮށްފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް