Tuesday, 3 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އަނިޔާތަކާއެކު މޫދުން ފެނުނު މީހާ މަރުވެއްޖެ

އަނިޔާތަކާއެކު މޫދުން ފެނުނު މީހާ މަރުވެއްޖެ

އައިޖީއެމްއެޗް މޫދާ ދިމާލުން އަނިޔާތަކަކާއެކު މިއަދު ހެނދުނު ފެނުނު މީހާ މަރުވެއްޖެ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލް ކައިރި ބޭރު ތޮށިން މޫދުގައި އޮއްވާ ފެނުނީ 55 އަހަރުގެ ދިވެހި ފިިރިހެނެކެވެ.

އައިޖީއެމްއެޗާއި ހަވާލާދީ މިއަދު ހެނދުނު ފުލުހުން ބުނީ، އެ މީހާގެ ބޮލަށް އަނިޔާ ވެފައިވާ ކަމަށެވެ. އަދި އަނިޔާ ލިބިފައިވަނީ އުޅަނދެއްގައި ޖެހިގެން ކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

Advertisement
Allied Insurance — Square (box)

އޭގެ ފަހުން މިރޭ ފުލުހުން ބުނީ އޭނާ މަރުވެއްޖެ ކަމަށެވެ.

އެ މީހާ މޫދުން މިއަދު ފެނުމާއެކު އެއްގަމަށް އަރުވާ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން އެ މީހާ އެމްބިއުލާންސްއަށް ލައިގެން ގެންދާ މަންޒަރު ފެންނައިރު  އެ ސަރަހައްދުގައި ގިނަ އަދަދަކަށް ފުލުހުން ހަރަކާތްތެރިވާ މަންޒަރު ވެސް ފެނެ އެވެ.

މަރުވީ ކާކުކަމެއް ވެސް އަދި ސާފެއް ނުވެ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ވެސް އުސްފަސްގަނޑާ ދިމާލުން ކަނޑުމަތިން މީހަކު މަރުވެފައި އޮއްވާ ވަނީ ފެނިފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް