ޚަބަރު

އާބާދީގެ ނިސްބަތުން15 ވަނައަަށް އެންމެ ގިނަ މީހުން ކޮވިޑް ޖެހުނީ ރާއްޖެއިން!

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ދިވެހި ރާއްޖޭގައި ކޮވިޑް ޖެހެމުން އައި މީހުންގެ އަދަދު ފާއިތުވި ދުވަސްތަކުގައި މަދުވަމުން އައި ނަމަވެސް އަދިވެސް ނުރައްކާ ކުޑައެއްނުވެއެވެ. ރާއްޖޭގައި އިއްޔެއާ ހަަމައަށް ޖުމްލަ 9173 މީހުންނަށް މި ވަނީ މިބަލި ޖެހިފައެވެ. އެއާއެކު ރާއްޖެ ވެގެން ގޮސްފައިވަނީ މުޅި ދުނިޔެއަށް ބަލާއިރު، އާބާދީގެ ނިސްބަތުން 15 ވަނައަށް އެންމެ ގިނަ މީހުން ފައްސިވި ޤައުމަށެވެ.

Ads by Sosun Fihaara

ކޮވިޑް ކޭސްތަކުގެ އަޕްޑޭޓް ގެެނެސްދޭ ސައިޓެއް ކަމަށްވާ، ވޯލްޑްމީޓަރ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރާއްޖޭގެ ކޮންމެ 59 މީހަކުން އެކަކަށް ވަނީ މިބަލި ޖެހިފައެވެ. އެ ސައިޓުގެ ޑޭޓާއިން ދައްކާގޮތުގައި، ރާއްޖޭގެ މިހާރުގެ އާބާދީއަކީ 542,538 އެވެ.

އާބާދީގެ ނިސްބަތުން މުޅި ދުނިޔެއިން ކޮވިޑްގެ ހާލަތު އެންމެ ނުރައްކާ ޤައުމަކީ، ޤަތަރެވެ. މިޤައުމުން މިބައްޔަށް 121,740 ފައްސިވެފައިވާއިރު. އެޤައުމުގެ އާބާދީއަކީ، 2,807,805 އެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހިގެން 32 މީހަކު ނިޔާވެފައިވާއިރު، ބަލި ޖެހުނު 12 މީހުންގެ ހާލު ސީރިއަސްއެވެ. އަދި 142 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. ރާއްޖޭގެ 25 ރަށަކާއި 32 ރިސޯޓެއްގައި ވެސް މިވަގުތު ކޮވިޑްގެ އެކްޓިވް ކޭސްތައް އެބަހުރިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!