Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަކަށް ސަހާ ވަހީދު

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަކަށް ސަހާ ވަހީދު
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑެޕިއުޓީ އޮފް ސީއީއޯ އަދި ޗީފް އޮޕަރޭޝަންސް އޮޕިސަރު (ސީއޯއޯ) ކަމަށް ސަހާ ވަހީދު އައްޔަން ކޮށްފި އެވެ. ޗާޓާޑް ބޭންކާ ޕްރޮފެޝަނަލް ކޮލިފިކޭޝަނެއް ހާސިލްކޮށްފައިވާ ސަހާ އަކީ، މާލީ ދާއިރާގައި 18 އަހަރު ދުވަހުގެ ހޭދަކޮށްފައިވާ އެ ދާއިރާގެ ތަޖުރިބާކާރެކެވެ. 2006 ވަނަ އަހަރުން ފެށިގެން ބީއެމްއެލްގައި މަސައްކަތް ކުރަން ފެށި ސަހާ، އެ ބޭންކުގެ ބޯޑުލެވަލްގައި 9 އަހަރަށްވުރެ ދިގު މުއްދަތަށް މަސައްކަތްކޮށްފައިވެ އެވެ. ސީއޯއޯ އަކަށް އައްޔަން ކުރުމާއި ހަަމަޔަށް 2014 ވަނަ އަހަރުން ފެށިގެން އޭނާ އަދާކުރަމުން އައީ ޕީޕަލް އެންޑް ޗޭންޖް ޑިރެކްޓަރުގެ މަގާމެ އެވެ. https://twitter.com/bankofmaldives/status/1863093015419773126 އިނގިރޭސިވިލާތުން އިކޮނޮމިކްސް އެންޑް އިކޮނޮމިކް ހިސްޓްރީން ޑިގްރީ ހާސިލް ކޮށްފައިވާ ސަހާ ވަނީ ހެޑް އޮފް ސްޓްރެޓެޖިކް ޕްލޭނިންގް އެންޑް ޗޭންޖް މެނޭޖްމެންޓް އަދި ކްރެޑިޓް ޑިޕާޓްމެންޓްގެ ޑެޕިއުޓީ މެނޭޖަރުކަން ވެސް ކުރައްވާފަ އެވެ. ބީއެމްއެލްގެ ސީއީއޯއަކަށް އަކަށް މިހާރު ހުންނަވަނީ މުހައްމަދު ޝަރީފު އެވެ. ފިނޭންސް ޑިރެކްޓަރަކަށް ހުންނަވަނީ ނަންދަނާ ސެނެވިރަތްނޭ އެވެ. އަދި އެ ބޭންކުގެ ކްރެޑިޓް ޑިރެކްޓަރަކަށް ހުންނަވަނީ 20 އަހަރަށް ވުރެ ގިނަ ދުވަހު ބޭންކަށް ހިދުމަތް ކޮށްދެއްވަމުންދާ ރަޝްފާ ޖައުފަރު އެވެ. އަދި މާކެޓިންގް ޑިރެކްޓަރަކަށް ހުންނަވަނީ އެ ދާއިރާއިން 16 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ އައިޝަތް ޒަމްރާ ޒާހިރު އެވެ. ބީއެމްއެލްގެ ބޯޑުގައި ގިނައީ ދިވެހިންނެވެ. އެގޮތުން ދެން ތިއްބެވި ބޭފުޅުންނަކީ،
  • ޓެކްނޮލޮޖީ ޑިރެކްޓަރު، އަދުލީ އަހުމަދު ދީދީ
  • ޑިވޮލޮޕްމެންޓް ބޭންކިންގް ޑިރެކްޓަރު، ފާތިމަތު މަނިކެ
  • ޗީފް ރިސްކް އޮފިސަރު، ގޭރީ ލާފަން
  • ޑިރެކްޓަރު އޮފް ކަސްޓަމާ ސާވިސް، ގުލްނާޒް މާހިރު
  • ޑިރެކްޓަރު އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިން، މޫސާ ނިމާލު
  • ޑިރެކްޓަރު އޮފް ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒް، އައިޝަތް ސަމާހް
  • ޑިރެކްޓަރު އޮފް އިސްލާމިކް ބޭންކިން، ހަސަން ކަލާމް
  • ޗީފް އިންޓާނަލް އޮޑިޓަރު، ބިޝްވަޖިތް މަޒުމްދާ

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް