އޮޑިޓް ރިޕޯޓާ ގުޅިގެން ހދ އަތޮޅު ކައުންސިލުގެ ނުރުހުން
އޮޑިޓް ރިޕޯޓާ ގުޅިގެން ހދ. އަތޮޅު ކައުންސިލުން ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފި އެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހު އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ހދ. އަތޮޅު ކައުންސިލްގެ އޮޑިޓް ރިޕޯޓްގައި ބުނީ އެ ކައުންސިލަށް މިދިޔަ އަހަރު ލިބުނު އާމްދަނީ އާއި ބްލޮކް ގްރާންޓުންގެ ތެރެއިން ބޮޑު އަދަދެއް ހޭދަކުރީ ބެންކޮކް ދަތުރަށް ކަމަށެވެ.
އަދި އެ ދަތުރުގައި 20 މީހުން ބައިވެރިވެ އެ އެންމެންގެ ހަރަދުތަކަށް ޖުމްލަ 952،885 ރުފިޔާ ހަރަދުކުރި ކަމަށާއި ނަމަވެސް އެ ދަތުރުން ކުރި ފައިދާއެއް ފެންނަން ނެތް އިރު މާލިއްޔަތު ގަވައިދާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
އެ ރިޕޯޓާ ގުޅިގެން ހދ. އަތޮޅު ކައުންސިލުން ވެސް މިރޭ ވަނީ ނޫސް ބަޔާނެއް ނެރެފަ އެވެ.
އެ ބަޔާނުގައި އެ ކައުންސިލުން ބުނީ އެއީ އޮޑިޓް ޒިންމާގެ ބޭރުން އިދާރީ ދާއިރާގެ ރައްޔިތުންނާއި ލޯކަލް ކައުންސިލްތަކުގެ މެދުގައި ނުތަނަވަސްކަން އުފެދޭ މޭރުމުން އާންމުކޮށްފައިވާ ރިޕޯޓެއް ކަމަށެވެ.
ހަމަ އެހެންމެ އެ ދަތުރުން ހަގީގީ ފައިދާއެއް ކޮށްފައި ނުވާކަމަށް ބުނާ ވާހަތަކަށް ވެސް ކައުންސިލުންން ރައްދު ދީފައިވެ އެވެ.
"ތަމްރީނާއި ތަޖުރިބާ ހޯދަން ބަޖެޓުން ކުރެވުނު ހަރަދުތަކުން ނުކުންނަ ނަތީޖާ އާއި ލިބޭ މަންފާ އިގްތިސޯދީ ނަޒަރަކުން އެކަނި ވަޒަން ކުރާއިރު، އިންސާނީ ތަރައްގީއަކީ ވެސް ތަހުޒީބުވަމުން އަންނަ ދުނިޔޭގައި ވަޒަން ކުރަން ޖެހޭ ކަންކަމުގެ ތެރޭގައި އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައި ނެތުމަކީ ވަރަށް ޒިންމާދާތުކަން ކުޑަ އަމަލެއްގެ ގޮތުގައި ކައުންސިލުން ދެކެމެވެ." ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އަދި އޭގެ އިތުރުން ބެންކޮކަަށް ކުރި ދަތުރަކީ ފިނޭންސްގެ ހުއްދަ ނުހޯދައި ކުރި ދަތުރެއް ކަމަށް ބުނެފައިވާތީ ވެސް ކައުންސިލްއިން ވަނީ ރައްދު ދީފަ އެވެ.
އެ މައްސަލައިގައި ކައުންސިލުން ބުނީ ދަތުރުތަކާ ގުޅޭ ގޮތުން ފިނޭންސުން ނެރުނު ސާކިއުލާ އަކީ ކައުންސިލްތައް ފިޔަވައި އެހެން ހުރިހާ ތަނަކުން އަމަލުކުރަން ޖެހޭ ގޮތަށް ނެރެފައިވާ ސާކިއުލާއެއް ކަަމަށާއި އޮޑިޓް އޮފީހުގެ ގާބިލުކަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ.
އިންސާނާގެތަރަށްގީއެތާގެ މަސާޖް ގެތަކުންވާނެ!
އަދި ޕަތަޔާ އަށް ދިޔަކަމަށް ވާނަމަ
އިތުރުތަޖުރިބާ ލިބިފަހުންނާނެ
9 ލަށްކަރުފިޔާ އޯާކޭއޭ!