Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
އިޖުތިމާޢީ

އާޓިފިޝަލް ބީޗުގައި މާރާމާރީ ހިންގި މައްސަލައެއް ބަލަނީ

އާޓިފިޝަލް ބީޗުގައި މާރާމާރީ ހިންގި މައްސަލައެއް ބަލަނީ

މިއަދު އިރުއޮއްސުނުއިރު އާޓިފިޝަލް ބީޗުގައި ހިންގި މާރާމާރީގެ މައްސަލަ އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ މާރާމާރީ ހިނގީ އިރުއޮއްސުނުފަހުންނެވެ. އެ ސަރަަހައްދުގައި ތިބި ބައެއް މީހުން ބުނެފައިވާ ގޮތުގައި މާރާމާރީ ހިނގާފައި ވަނީ ބިދޭސީންތަކެއްގެ މެދުގަ އެވެ. އެވަގުތު ގިނަ ބަޔަކު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔައިރު، މާރާމާރީގައި ކުޑަކުއްޖަކަށް ވެސް އަނިޔާވެފައިވާ ކަމަށްވެ އެވެ.

މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އާޓިފިޝަލް ބީޗް ސަރަަހައްދުގައި ބަޔަކު މާރާމާރީ ހިންގި މައްސަލަ އެ އިދާރާއަށް ރިޕޯޓުކޮށްފައި ވަނީ އިރުއޮއްސި 6:22 ހާއިރު ކަމަށެވެ.

Advertisement
Ooredoo — Square (box)

މައްސަލައިގައި އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ގެންދަނީ ބަލަމުންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް