އިންޓަނެޓް މެދުވެރިކޮށް ކުރާ ކުށްތައް ގާނޫނުގައި ހިމަނަން ހުށަހެޅި ބިލް ފާސްކޮށްފި

އިންޓަނެޓް މެދުވެރިކޮށް ކުރާ ކުށްތައް ގާނޫނު އަސާސީގައި ހިމަނަން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ އިއްތިފާގުންނެވެ.
ސަރުކާރުގެ ފަރާތުން މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް ހުށަހެޅުއްވި އެ ބިުގެ ބޭނުމެއްގެ ގޮތުގައި ބުނެފައިވަނީ ސައިބާ ކްރައިމާ ގުޅުންހުރި އަމަލުތައް ކުށެއް ކަމުގައި ކަނޑައެޅުމެވެ.
ކުށްކަމުގައި ކަނޑައަޅަން ބިލުގައި ހުށަހަޅާފައިވާ ކަންކަން:
- ހުއްދަނެތި ކޮމްޕިއުޓަރުތަކަށް އެކްސެސްވުން
- އިތުރު ކުށެއް ކުރުމަށް މަގުފަހިކުރުމުގެ ނިޔަތުގައި ހުއްދަނެތި ކޮމްޕިއުޓަރުތަކަށް އެކްސެސްވުން
- ހުއްދަނެތި ކޮމްޕިއުޓަރު ޑޭޓާ އިންޓަސެޕްޓުކުރުން
- ހުއްދަނެތި ކޮމްޕިއުޓަރު ޑޭޓާއަށް އިންޓަފިއާކުރުން
- ހުއްދަނެތި ކޮންޕިއުޓާ ސިސްޓަމަކަށް އިންޓަފިއާކުރުން
- ނަހަމަގޮތުގައި ޑިވައިސްތައް ބޭނުންކުރުން
- ސައިބާ ވަޔަލެންސްގެ އަމަލުތައް
- ކޮމްޕިއުޓަރާ ގުޅުންހުރި ފޯޖަރީގެ އަމަލުތައް
- ކޮމްޕިއުޓަރާ ގުޅުންހުރި އޮޅުވާލުމުގެ އަމަލުތައް
- ކޮޕީރައިޓާ އެއާ ގުޅޭ އެހެނިހެން ހައްގުތަކަށް އަރައިގަތުމުގެ އަމަލުތައް






ކޮމެންޓް