Tuesday, 3 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ގަވައިދު  ބަދަލުކުރި ފަހުން އައި ކްރޫޒްލައިނާއިން 2000 އަށް ވުރެ ގިނަ ފަތުރުވެރިން

ގަވައިދު  ބަދަލުކުރި ފަހުން އައި ކްރޫޒްލައިނާއިން 2000 އަށް ވުރެ ގިނަ ފަތުރުވެރިން

ކްރޫޒް ލައިނާތަކުން އަންނަ ފަތުރުވެރިންގެ އަތުން ޓީޖީއެސްޓީ ނަގާ ގަވައިދު ބަދަލުކުރި ފަހުން އައި ފުރަތަމަ ކްރޫޒް ލައިނާއިން 2000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަތުވެއްޖެ އެވެ.

ގަވައިދު ބަދަލުކުރި ފަހުން އެންމެ ފުރަތަމަ ރާއްޖެއައީ އިޓަލީ ކްރޫޒް ލައިނާއެއް ކަމަށްވާ އައިޑާ އެވެ.

އޮމާންގެ މަސްކަޓުން އައި ކްރޫޒް ލައިނާއިން 2139 ފަތުރުވެރިންނަށް އިމިގްރޭޝަން ވިސާ ކްލިއަރެންސް ހަމަޖައްސައިދިން ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.

Advertisement
HDC — Sidebar (box)

އިމިގްރޭޝަނުން ބުނީ އެ ފަތުރުވެރިންގެ ވިސާ ކްލިއަރެންސް ހަމަޖައްސައިދިނީ މި މަހުގެ ހަތަރަކުން އިއްޔެއާ ހަމައަށް ކަމަށެވެ.

ކްރޫޒް ލައިނާތަކުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން 16 ޕަސެންޓް ޓީޖީއެސްޓީ ނަގަން ނިންމީ މިދިޔަ ސަރުކާރުން ނެވެ.

ނަމަވެސް އެ ނިންމުމާއެކު ރާއްޖެ މާ އަގުބޮޑު ކަމަށް ބުނެ ކްރޫޒް ލައިނާތަކުން ވަނީ ރާއްޖެ އައު ހުއްޓާލައި މި ސަރަހައްދުގެ ކައިރި ގައުމުތަކަށް މިސްރާބު ޖަހައިފަ އެވެ.

އެހެންވެ ޓޫރިޒަމް ދާއިރާގެ އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރުމުން މި ސަރުކާރުން ވަނީ އެ ގަވައިދު ބަދަލުކޮށްފަ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް