ޚަބަރު

މާލެ ސިޓީ ކައުންސިލަށް ފުރަތަމަ ފަހަރަށް އިންޓާނަލް އޮޑިޓަރެއް އައްޔަންކޮށްފި

ޢާއިޝަތު ނުހާ ، ދެން އޮންލައިން

މާލެ ސިޓީ ކައުންސިލަށް ފުރަތަމަ ފަހަރަށް އިންޓާނަލް އޮޑިޓަރެއް އައްޔަންކޮށްފި އެވެ.

Ads by STELCO

މާލޭގެ މޭޔަރު, އާދަމް އާޒިމް ރޭ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންޓާނަލް އޮޑިޓަރުން އައްޔަންކުރުމަކީ މާލެ ސިޓީ ކައުންސިލުން ކުރާ ކަންކަމުގައި ފުރިހަމައަށް ޖަވާބުދާރީވުމަށާއި އާންމުންގެ އިތުބާރު ހޯދުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

ސިޓީ ކައުންސިލުން ބުނީ އެ ކައުންސިލްގެ އިންޓާނަލް އޮޑިޓެއް ކުރަން ހަވާލުކޮށްފައިވަނީ "ކުރޯ މޯލްޑިވްސް އެލްއެލްޕީ" ނަމަކަށް ކިޔާ ކުންފުންޏަކަށް ޖީއެސްޓީ އާއެކު ޖުމްލަ 466,560 ރުފިޔާއަށް ކަމަށެވެ.

އެ ކުންފުންޏަށް މަސައްކަތް ހަވާލުކޮށްފައިވަނީ ދެ އަހަރު ދުވަހުގެ މުއްދަތަށް، މިއަދުން ފެށިގެން 2026 ވަނަ އަހަރު ޑިސެންބަރު މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ.

އާޒިމް އިތުރަށް ވިދާޅުވީ ސިޓީ ކައުންސިލުގެ އަމާޒަކީ ކުރާ ހުރިހާ ކަމެއްގައި ވެސް ނަޒާހަތްތެރިކަން ކަށަވަރު ކުރުން ކަމަށެވެ. އެޅުނު މި ބިންގަލާ އެކު މާލެ ސިޓީގެ މުސްތަގުބަލު ބައްޓަންވެގެންދާނީ ދެފުށްފެންނަ ގޮތަށް, މަސައްކަތްކުރާ މުއައްސަސާއެއް ގޮތުގައިކަން ވެސް ފާހަގަކުރެއްވި އެވެ.

  1. މުހަންމަދު ރަޝިދު

    މަރުހަބާ

  2. ،ޖާޔާ

    ތިކަން ކުރެވޭނީ މުހަިމިނށ މޭޔަރު ބޭނުންވާގޕތަކަށް އެހެންނޫނީ ތިޔަ އޕޑިޓަރު ޖެހޭނީ ނައްޓާލަން. އަނެއްކާ ތިޔަ ކަން ކުރުމަށް ތިޔަ ޙަވާލު ކުރީ މުހައިމިނުގެ ޕާޓުންނާ ވިޔާދޯ