ކެބިނެޓަށް ބަދަލުތަކެއް

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، މިއަދު ކެބިނެޓަށް ބަދަލުތަކެއް ގެންނަވައި، ބައެއް މިނިސްޓްރީތަކުގެ ނަން ބަދަލުކުރައްވައިފި އެވެ.
ކެބިނެޓަށް އައްޔަންކުރެއްވި ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ، މިއަދު ހެނދުނު ރައީސް އޮފީހުގަ އެވެ.
އެ ރަސްމިއްޔާތުގައި ކެބިނެޓަށް އައްޔަނުކުރެއްވީ:
- ފިނޭންސް އެންޑް ޕްލޭނިން މިނިސްޓަރަކަށް ތ. ބުރުނި، ނިވައިދޮށުގެ، މޫސާ ޒަމީރު
- ހަޔާ އެޑިޔުކޭޝަން، ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރަކަށް މއ. ވެނީލާ، ޑރ އަލީ ހައިދަރު އަހްމަދު
- އެގްރިކަލްޗަ އެންޑް އެނިމަލް ވެލްފެއަ މިނިސްޓަރަކަށް މއ. މާރާދަގެ، ޑރ މަރްޔަމް މާރިޔާ
- ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރަކަށް ގދ. ފިޔޯރީ، ގުލްބަކާގެ، ޑރ އަބްދުﷲ މުއްތޮލިބް





ކޮމެންޓް