Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އުމްރާއަށް ދިޔަ ދިވެއްސަކު ގެއްލިގެން ހޯދަނީ

އުމްރާއަށް ދިޔަ ދިވެއްސަކު ގެއްލިގެން ހޯދަނީ

އުމްރާގެ އަޅުކަމަށް ދިޔަ ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ގެއްލިގެން ހޯދަމުން ދަނީ ޔަލަމްލަމް ޖަމާއަތުގެ ހަވާލުގައި އުމުރާއަށް ދިޔަ ޏ. ފުވައްމުލައް، ސްޓެއްލާ، ހުސައިން މުހައްމަދު ދީދީ (63އ) އެވެ.

އެ ޖަމާއަތުން ބުނީ މުހައްމަދު އެންމެ ފަހުން ފެނުނީ ސަޢީ ކުރަނިކޮށް ކަަމަށެވެ. އަދި އޭނާ ގެއްލިފައިވަނީ އިހުރާމު ބަންދެގެން، ޖަމާއަތުގެ ފާސް އަޅައިގެން ހުއްޓާކަމަށްވެސް އެ ޖަމާއަތުން ބުންޏެވެ.

Advertisement
HDC — Sidebar (box)

މީގެ އިތުރުން ބުނީ އޭނާ އުމްރާގެ އަޅުކަން އަދާކުރަން ސައުދީ އަރަބިއްޔާގެ މައްކާއަށް ގޮސްފައިވަނީ އިއްޔެ މެނދުރުފަހު ސައުދީ ފްލައިޓު (SV839) ގައި ކަމަށް ޔަލަމްލަމް ޖަމާއަތުން ބުންޏެވެ.

އެ ޖަމާއަތުގެ އޮފިޝަލަކު 'ދެން' އަށް ވިދާޅުވީ މުހައްމަދު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި އޭނާ ފެނިއްޖެނަމަ ލަސްނުކޮށް މައްކާގެ ނަންބަރު +966 593709493/ +966 565836862 ކަށް ނުވަތަ މާލެ ނަންބަރު 7901612/ 9199919 އަށް ގުޅައި އަންގައިދިނުމަށް އެދިފައިވެ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް