Sunday, 1 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މާލޭ މަގުތަކުގައި ބޮޑުވި ފެންގަނޑު ހިންދައިފި

މާލޭ މަގުތަކުގައި ބޮޑުވި ފެންގަނޑު ހިންދައިފި
ރާއްޖެއަށް މިހާރު ކުރަމުންދާ ބޯ ވިއްސާރާގައި ވެރިރަށް މާލެއަށް އިއްޔެ ވެހުނު ވާރޭވެހި ބޮޑުވި ފެންގަނޑު ހިންދަން އެމްއެންޑީއެފުން ކުރިއަށް ގެންދިޔަ އޮޕަރޭޝަން ނިންމާލައިފި އެވެ. އިއްޔެ ހެނދުނުން ފެށިގެން ހުއްޓާނުލައި ވެހުނު ވާރޭގައި ފެންބޮޑުވުމުގެ ސަބަބުން މާލޭގެ ގެތަކަށާއި ފިހާރަތަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އެމްއެންޑީއެފުން މިއަދު ބުނީ މާލޭ މަގުތަކުން ފެން ހިންދުމަށް އިއްޔެ 11:37 ހާއިރުން ފެށިގެން ކުރަމުން ދިޔަ މަސައްކަތުން މިއަދު 08:30 ހާއިރު މަގުތައް އާންމު ހާލަތަށް ގެނެވިފައިވާ ކަމަށެވެ. އެ އޮޕަރޭޝަންގައި 30569 ޓަނުގެ ފެން ބޭރުކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ސިފައިން ބުނީ 17 ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް މާލޭގެ 6 ސަރަހައްދެއްގައި ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެއީ:
  • އައިޖީއެމްއެޗް ސަރަހައްދު
  • ސަލްމާން މިސްކިތް
  • ބޮޑުވަޅު
  • މާފަންނު ފެރީ ޓާމިނަލް
  • ކުޑަކުދިންގެ ބަގީޗާ
  • ވެސްޓްޕާކް ސަރަހައްދު
މެޓުން ބުނެފައިވާ ގޮތުން ރޭ 11 ޖެހުމާ ހަމަޔަށް މާލެއަށް 162 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ. ފެންބޮޑުވުމުގެ ސަބަބުން 36 ގެއަކުން 226 މީހަކަށް އެންޑީއެމުން ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވެ އެވެ. https://twitter.com/MNDF_Official/status/1875402979463082352 ލިބުނު ގެއްލުމުގެ އަދަދެއް އެންޑީއެމުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. މެޓުން ބުނީ މިއަދުވެސް އުތުރާއި މެދު ރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ. ދެކުނުގެ މަދު ރަށްތަކަކަށް ކެރީގެ އަސަރުކުރި ނަމަވެސް އާއްމު ގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. ދެކުނުގެ ސަރަހައްދަށް ހުޅަނގާއި ހުޅަނގު އުތުރުން، އެހެން ހިސާބުތަކަށް އިރު އުތުރާއި އިރުން، ގަޑިއަކު 8 މޭލާއި 18 މޭލާދެމެދު ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އުތުރާއި މެދު ރާއްޖެތެރޭގައި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ލަފާކޮށް، މެޓުން ބުނީ އާދައިގެ ވަރަކަށް ކަނޑުގަދަވާނެ ކަމަށާ ރާޅުގެ އުސްމިނުގައި 4-6 ފޫޓް ހުންނާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް