Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސިޔާސީ

ވޯޓަކާ ނުލައި ދެ ކައުންސިލެއްގެ ރައީސްކަން ޕީއެންސީއަށް

ވޯޓަކާ ނުލައި ދެ ކައުންސިލެއްގެ ރައީސްކަން ޕީއެންސީއަށް

ހދ. އަތޮޅު ކައުންސިލް ރައީސްގެ ބައި-އިލެކްޝަން އާއި ރ. ފައިނު ކައުންސިލް ރައީސްގެ ބައި-އިލެކްޝަން، އިންތިހާބަކާ ނުލައި ވެރިކަންކުރާ ޕީއެންސީއަށް ލިބިއްޖެ އެވެ.

ހދ. އަތޮޅު ކައުންސިލުގެ ރައީސަކަށް ހޮވުނީ އެ އަތޮޅު ހިރިމަރަދޫ ކައުންސިލުގެ މިހާރުގެ ރައީސް ގުރަހަލި / ހދ. ހިރިމަރަދޫ، މުހައްމަދު ވަހީދު އެވެ. ފައިނު ކައުންސިލުގެ ރައީސް ކަމަށް ހޮވުނީ މީނާޒް / ރ. ފައިނު، އަހުމަދު ރިޝްފާނު އެވެ.

އެ ދެ މީހުންވެސް އިންތިހާބަކާ ނުލައި ހޮވުނުކަން އިލެކްޝަން ކޮމިޝަނުން ވަނީ ރަސްމީކޮށް އިއުލާންކޮށްފަ އެވެ. އިންތިހާބު ބާއްވަން ތާވަލުކޮށްފައި އޮތީ އަންނަ މަހުގެ 8 ވަނަ ދުވަހު އެވެ.

Advertisement
Ooredoo — Square (box)

ފައިނު ކައުންސިލުގެ ރައީސްގެ ގޮނޑި ހުސްވީ އެ މަގާމުގައި ހުންނެވި އެމްޑީޕީއަށް ނިސްބަތްވާ މޫސާ އުމަރު މަނިކު އިސްތިއުފާ ދިނުމުންނެވެ. އޭނާ އިސްތިއުފާދިނީ އާއިލީ ސަބަބުތަކެއް ދިމާވެގެންކަން ވަނީ އެނގިފަ އެވެ.

މި ފަހުން ބޭއްވި ގިނަ ބައި-އިލެކްޝަންތަކުގައި އިދިކޮޅު އެމްޑީޕީން ވާދައެއް ނުކުރެ އެވެ. އެހެންވެ އިންތިހާބަކާ ނުލައި ގިނަ ގޮނޑިތަކެއް ޕީއެންސީއަށް ވަނީ ލިބިފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް