Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ސިޔާސީ

ޑިމޮކްރެޓްސްގެ ވަގުތީ ރައީސަކަށް ފިރުޝާން

ޑިމޮކްރެޓްސްގެ ވަގުތީ ރައީސަކަށް ފިރުޝާން

ދަ ޑިމޮކްރެޓްސްގެ ވަގުތީ ރައީސަކަށް، މަޑަވެލި ދާއިރާގެ ކުރީގެ ކުރީގެ މެމްބަރު އަދި އެ ޕާޓީގެ ނައިބު ރައީސް ހުސެއިން ފިރުޝާން އިންތިހާބުކޮށްފި އެވެ.

ޑިމޮކްރެޓްސްގެ ރައީސްގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި ހެންވޭރު ހުޅަނގު ދާއިރާގެ ކުރީގެ މެމްބަރު ހަސަން ލަތީފް އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ ވަނީ އެ ޕާޓީން ވަކިވެވަޑައިގެން އިދިކޮޅު މައި ޕާޓީ، އެމްޑީޕީ އަލުން ގުޅިވަޑައިގެންފަ އެވެ.

ޑިމޮކްރެޓްސްގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޕާޓީގެ ރައީސްގެ މަގާމު ހުސްވެއްޖެ ނަމަ، ވަގުތީ ގޮތުން އެ މަސްއޫލިއްޔަތާ ހަވާލުވާން ޖެހެނީ ނައިބު ރައީސުންގެ ތެރެއިން ބޭފުޅެކެވެ.

Advertisement
HDC — Sidebar (box)

ވަގުތީ ރައީސްގެ މަގާމަށް ވާދަކުރެއްވީ ފިރުޝާންގެ އިތުރުން ނައިބު ރައީސް އަލައިކާ އަދުނާނެވެ.

ރޭ ބޭއްވި އެ ޕާޓީގެ ނޭޝަނަލް އެސެމްބްލީ ބައްދަލުވުމުގައި ނެގި ސިއްރު ވޯޓުގައި ފިރުޝާނަށް 29 ވޯޓު ލިބުނުއިރު، އަލައިކާއަށް ލިބިފައި ވަނީ 14 ވޯޓެވެ. އެއް ވޯޓު ބާތިލުވި އެވެ.

ޑިމޮކްރެޓްސްގެ މަޖިލިހުގައި 130 މެމްބަރުން ތިބޭއިރު، ވޯޓުގައި ބައިވެރިވެފައި ވަނީ 44 މެމްބަރުންނެވެ. ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުން މަގާމުތަކަށް ވޯޓު ދެވެނީ ޖަލްސާއަށް ހާޒިރުވެގެނެވެ.

އެ ބައްދަލުވުމުގައި 40 ދުވަހުގެ މުއްދަތުގެ ތެރޭގައި އިންތިހާބެއް ބޭއްވުމަށްފަހު ހުސްވެފައިވާ ރައީސް އާއި ނައިބު ރައީސްގެ މަގާމަށް މީހުން އިންތިހާބުކުރަން ވެސް ވަނީ ފާސްކޮށްފަ އެވެ.

ހަސަން އެމްޑީޕީ އާ ގުޅިވަޑައިގެންފައިވާއިރު، ޑިމޮކްރެޓްސްގެ ނައިބު ރައީސްގެ މަގާމުން އިސްތިއުފާ ދެއްވި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ޝިފާޒު ވެސް ވަނީ އެމްޑީޕީ އާ ގުޅިވަޑައިގެންފަ އެވެ.

އެ ދެ ބޭފުޅުންގެ އިތުރުން އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ރަޝާދު އަދި މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމް އަދި ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން (ޖީއެމްއައިޒެޑްއެލް) ގެ ކުރީގެ އެމްޑީ އިބްރާހިމް ރަޝީދު (މާމިގިލި އިބޫ) ވެސް ވަނީ އެމްޑީޕީއަށް ސޮއިކުރައްވާފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް