Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ރައްޔިތުންގެ މަޖިލިސް

ބްރޯޑްކޮމްގެ މެމްބަރު ކަމަށް ސަރާހަތާއި މުހައްމާ އައްޔަންކުރަން ފާސްކޮށްފި

ބްރޯޑްކޮމްގެ މެމްބަރު ކަމަށް ސަރާހަތާއި މުހައްމާ އައްޔަންކުރަން ފާސްކޮށްފި
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ހުސްވެފައިވާ ދެ މެމްބަރުންގެ މަގާމަށް އެ ކޮމިޝަނުގެ ކުރީގެ މެމްބަރު އާމިނަތު ސަރާހަތު އިއްޒަތާއި މުހައްމަދު އަބްދުالله (މުހައްމާ) އައްޔަންކުރަން ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފި އެވެ. ބްރޯޑްކޮމްގެ ހުސްވެފައިވާ ދެ މެމްބަރުންގެ މަގާމަށް ކުރިމަތިލި ފަރާތްތަކުގެ ނަންތަކަށް ރުހުން ހޯދުމުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލިހަށް ފޮނުއްވީ ހުސްވި މަހުގެ 12 ވަނަ ދުވަހު އެވެ. އެމަނިކުފާނު ފޮނުއްވި ނަން ލިސްޓުގައި އިސްކަންދެއްވާ ތަރުތީބުން 12 ބޭފުޅެއްގެ ނަން ހިމެނެ އެވެ.
  • މުހައްމަދު އަބްދުالله (މުހައްމާ) ހުސްއަކުރުގެ, ހއ. އިހަވަންދޫ
  • އިބްރާހިމް މުއާޒު އަލީ (މުއާ), ހަޒާރުމާގެ, ނ. ފޮއްދޫ
  • އިބްރާހިމް އަޝްރަފް, ވ. މަށިވެލި
  • ލެފްޓިނެޓަލް ކާނަލް ރިޓަޔާޑް ޒުބައިރު އަހުމަދު މަނިކު, ގ. މަލްވިނަ
  • އަބްދުالله ހުމައިދު, ފަޒާ, ޅ. ހިންނަވަރު
  • އާއިޝަތު ދިޔާނާ ތޯހިރު, ސެވަންސްޓާ, ސ. ހިތަދޫ
  • އާމިނަތު ސަރާހަތު އިއްޒަތު, ގ. ގޮފި
  • ޝިމްލާ އަހުމަދު, އާޝްރަލްގެ, ސ. ހިތަދޫ
  • އިސްމާއިލް ޝަފީގު, މ. ސްލީޓް
  • ޝިފްޒާ މުސްތަފާ, މާދަނޑު, އާސަން, ޏ. ފުވައްމުލަށް
  • އަލީ ނިޝާން, ގ. ކޫލްގްރާސް
  • މުހައްމަދު ޝަމީމް, ހ. ފްރިޓީވިލާ
ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި ބްރޯޑްކޮމްއަށް އައްޔަން ކުރަން ރައީސް މަޖިލިހަށް ފޮނުއްވި މައްސަލަ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ވަނީ އިއްވާފަ އެވެ. ކޮމިޓީން ނިންމި ގޮތަށް ފަހު ވޯޓަށް އަހާފައި ވަނީ ކޮމިޓީ ލިސްޓުގެ ތަރުތީބުންނެވެ. ލިސްޓުގެ އެއް ވަނައިގައި ވަނީ ސަރާހަތުގެ ނަމެވެ. ދެ ވަނައިގައި ޝިފްޒާގެ ނަން އޮތްއިރު ތިން ވަނައިގައި އޮތީ މުހައްމާގެ ނަމެވެ. ޖެހިގެން އޮތީ ޝިމްލާގެ ނަމެވެ. ވުމާ އެކު ފުރަތަމަ އަހާފައި ވަނީ ސަރާހަތުގެ ނަމަށެވެ. އޭނާ ބްރޯޑްކޮމްގެ މެމްބަރު ކަމަށް އައްޔަންކުރަން ފެންނަ ކަމަށް ފާސްކޮށްފައި ވަނީ ޖަލްސާގައި ބައިވެރިވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ. އެއީ 68 މެމްބަރުންގެ ވޯޓާ އެކުގަ އެވެ. ނުފެންނަ ކަމަށް އަދި ވަކި ގޮތަކަށް އެއްވެސް މެމްބަރެއް ވޯޓު ދެއްވާފައެއް ނުވެ އެވެ. ސަރާހަތުގެ ނަމަށް ފަހު ދެން އެހީ ޝިފްޒާގެ ނަމަށެވެ. އޭނާ އައްޔަންކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ ބައިވެރިވެ ވަޑައިގެންނެވި 61 މެމްބަރުންގެ ތެރެއިން 11 މެމްބަރުންނެވެ. ނުފެންނަ ކަމަށް 50 ވޯޓު ދީފައިވެ އެވެ. ކޮމިޝަނުގެ މެމްބަރު ކަމަށް މުހައްމާ އައްޔަންކުރަން ފެންނަ ކަމަށް 58 މެމްބަރުން ވޯޓު ދެއްވި އެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ 2 މެމްބަރުންނެވެ. ސަރާހަތާއި މުހައްމާގެ ނަން ފާސްވުމާ އެކު ކޮމިޓީން ލިސްޓުގައި ބާކީއިން ޝިމްލާގެ ނަމަށް ވޯޓަށް އަހާފައެއް ނުވެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް