އިމިގްރޭޝަނަށް ފިލަންވެގެން 60 ބިދޭސީއަކު މަޑުއްވަރީ އަށް ގޮސްފި

މޯލްޑިވްސް އިމިގްރޭޝަނަށް ފިލަންވެގެން، ރ އަތޮޅު ފަސްމެންދޫ ގައި ހިންގާ އެމަރެލްޑް އައިލެންޑު ރިސޯޓުން އެ އަތޮޅު މަޑުއްވަރީ އަށް 60 ބިދޭސީއަކު އިއްޔެ ގޮސްފި އެވެ.
އެކަމެއް އިއްޔެ ހިނގިއިރު، ފިލަންވެގެން ބިދޭސީންތަކެއް އެ ރަށަށް ދިޔަ ވާހަކަ ފުރަތަމަ ހިއްސާކުރީ މަޑުއްވަރީ ކައުންސިލުންނެވެ.
މަޑުއްވަރީ ކައުންސިލުގެ ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓެއްގައި ވަނީ ބިދޭސީންގެ ތެރެއިން މީހަކު ރަށުގެ އެއްވެސް ސަރަހައްދަކުން ފެނިއްޖެނަމަ ނުވަތަ އޭގެ މީހަކާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް ހިއްސާކުރަން އެދިފަ އެވެ.
"އަދި އެމީހުންގެ ތެރެއިން އެއްވެސް ބިދޭސީއަކާއި ރަށުގެ އެއްވެސް ފަރާތަކުން ހަވާލުނުވުމަށްވެސް އިލްތިމާސްކުރަމެވެ" ކައުންސިލުން ބުންޏެވެ.
<iframe style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FMaduvvareeoffice%2Fposts%2Fpfbid0XUJJUDm15Lh9DNfLvp7n8KPQzTtFknzWYZVrRuu3oyHRK4Uwt88txWBETSzgeUY8l&show_text=true&width=500" width="500" height="302" frameborder="0" scrolling="no" allowfullscreen="allowfullscreen"></iframe>
މަޑުއްވަރީގައި ހުންނަ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ފޯކަލް ޕޮއިންޓު އަދި ކައުންސިލު އޮފިސަރު އަހުމަދު ޝުނޫން "ދެން" އަށް ވިދާޅުވި ގޮތުގައި އިއްޔެ ހެނދުނު އެ ރަށަށް ދިޔަ 60 ބިދޭސީންގެ ތެރެއިން 19 ބިދޭސީއަކު އަތުލައިގަނެ އެ މީހުންގެ މައުލޫމާތު އެއްކޮށްފައިވާ ކަމަށެވެ. އަތުލައިގަތް ބިދޭސީން އަނބުރާ ރިސޯޓަށް މިހާރު ވަނީ ފޮނުވާލާފަ އެވެ.
ޝުނޫން ވިދާޅުވީ ބާކީ ތިބި ބިދޭސީން "ވީނުވީ" ނޭނގޭ ކަމަށެވެ. އެކަމަކު ރަށުން ބޭރަށް ނުދާކަން ކައުންސިލަށް ޔަގީނެވެ.
ކައުންސިލުގެ އޮފިސަރު ވިދާޅުވި ގޮތުގައި އެ ބިދޭސީން ފިލުމަށްވުރެ ބޮޑަށް ގަބޫލުކުރެވެނީ ވޯކްޕާމިޓް ނެތް ބަޔަކަށްވުމުން، ރިސޯޓުން އެ މީހުން އެކި ސަރަހައްދުތަކަށް ފޮނުވާލުން ކަމަށެވެ. ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރްއޭ) އިން ރ އަތޮޅު ރިސޯޓުތަކުގައި އިންސްޕެކްޝަނެއް މި ދުވަސްކޮޅު ކުރިއަށް އެބަގެންދެ އެވެ.
"އިއްޔެ ލޭބާ ރިލޭޝަނުން އެމަރެލްޑް ރިސޯޓަށް ދާންވެގެން އޮތުމުން، އެ ރިސޯޓުން ކުރިކަމަކީ ކައިރި ފަޅުރަށްތަކަށާއި ރަށްރަށަށް މީހުން ފޮނުވާލީ، މި ރަށް (މަޑުއްވަރީ) އަށް ފޮނުވާލީ 60 ބިދޭސީން އެ މީހުން އައީ ރިސޯޓު ލޯންޗެއްގައި" އޭނާ ތުހުމަތު ކުރި އެވެ.
<img class="aligncenter wp-image-265566 size-full" src="https://cdn.dhen.mv/wp-content/uploads/2025/01/WhatsApp-Image-2025-01-20-at-08.34.01_47d80871.jpg" alt="" width="1600" height="1201" />
ފިލަންވެގެން ބިދޭސީންތަކެއް މަޑުއްވަރީއަށް އެރިއިރު، އިމިގްރޭޝަނަށް ފިލަންވެގެން މިދިޔަ އަހަރު ފަހުކޮޅު ކުޅުދުއްފުއްޓަށް ދިޔަ ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.
ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ "ކުރަނގި އޮޕަރޭޝަން" ގައި މިހާތަނަށް 25،000 އަށް ވުރެ ގިނަ ބިދޭސީންގެ ބަޔޮމެޓްރިކްސް ޑޭޓާ ނަގާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ހޮނިހިރު ދުވަހުގެރޭ ވިދާޅުވެފަ އެވެ.
ޕްރޮގްރާމުގެ ފުރަތަމަ މަރުހަލާގައި ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކުރި ނަމަވެސް އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަކީ މަގުސަދެއް ނޫން ކަމަށް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވިދާޅުވެފައިވެ އެވެ. އެގޮތުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ގަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެ ފުރުސަތު ފަހިކޮށްދެވޭނެ ކަމަށް އިހުސާން ވިދާޅުވި އެވެ.
ފުރަތަމަ މަރުހަލާ ނިމުމަށްފަހު ރަސްމީ ލިޔެކިޔުން ނެތި، ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ ބަޔޯ މެޓްރިކް އައިޑެންޓިފިކޭޝަނެއް ހަދައި، ގައުމުތަކުގެ އެމްބަސީތަކާއި ގުޅިގެން އެމީހުން ފޮނުވާލުމަށް ވަނީ ނިންމާފަ އެވެ.
އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުން ގާނޫނާއި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ތަންފީޒީ އިދާރާތައް ގުޅިގެން މިދިޔަ އަހަރު 5،613 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވެ އެވެ.
އޭގެ ތެރޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީންނާއި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ ބިދޭސީން ހިމެނެ އެވެ. ގިނަ މީހުންނަކީ އިމިގްރޭޝަނުން ހިންގި އޮޕަރޭޝަންތަކުގައި އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންނެވެ.





.jpeg?prefix=media)

ކޮމެންޓް