Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޕާކިސްތާންއާ އިތުރަށް ގުޅުން ބަދަހިކުރަން އާ ސަފީރާއެކު މަޝްވަރާކޮށްފި

ޕާކިސްތާންއާ އިތުރަށް ގުޅުން ބަދަހިކުރަން އާ ސަފީރާއެކު މަޝްވަރާކޮށްފި

ރާއްޖެ އާއި ޕާކިސްތާންއާ ދެމެދު މިހާރު އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މިއަދު މަޝްވަރާކޮށްފި އެވެ.

އެ މަަޝްވަރާތައް ކުރިއަށް ގެންދިޔައީ ޕާކިސްތާނުން މި ފަހުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ވައިސް އެޑްމިރަލް (ރިޓަޔަޑް) ފައިސަލް ރަސުލް ލޯދި އާއި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލްގެ ދެބޭފުޅުން ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މިނިސްޓަރު ހަލީލް އަށް، ރަސުލް ތަހުނިޔާ ވިދާޅުވި ކަމަށެވެ. އަދި ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ޕާކިސްތާން ސަރުކާރުން ވެދެއްވާ އެހީތައް ފާހަގަކޮށް އެކަމަށް ޝުކުރުދަންނަވައި ރާއްޖެ އާއި ޕާކިސްތާން އާ ދެމެދު މިހާރު އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށްވެސް ފޮރިން މިނިސްޓަރީން ބުންޏެވެ.

Advertisement
Allied Insurance — Square (box)

ސަފީރު ރަސުލް ވަނީ އޭނާގެ ސަފީރުކަމުގެ ދައުރުގައި ދެގައުމުގެ ދެމެދު ގައި އޮތް ގާތް ގުޅުން ބަދަހިކޮށް، ދެގައުމަށް ވެސް ފައިދާ ހުރި ކަންކަމުގައި އެކުގައި މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން މިނިސްޓަރަށް އަރުވާފަ އެވެ.

އެ ބައްދަލުވުމުގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެރީނާ އަބްދުއްސަމަދު، އެޑިޝަނަލް ސެކްރެޓަރީ އާމިނަތު އަބްދުﷲ ދީދީ އަދި ޑިރެކްޓާ އަޝީރު އަބްދުލް އަޒީޒް ބައިވެރިވެ ވަޑައިގަތެވެ. ޕާކިސްތާނުގެ ސަފީރުގެ އަރިހުގައި އެ ހައިކޮމިޝަންގެ ސެކަންޑް ސެކްރެޓަރީ ޒުލްގަރުނައިން އަހުމަދު ބައިވެރިވެވަޑައިގެންނެވި އެވެ.

 

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް