ލޯބިވެރިޔާގެ ކުރީގެ ފިރިމީހާގެ ސައިކަލުގައި ރޯކޮށްލައިފި
ލޯބިވެރިޔާގެ ކުރީގެ ފިރިމީހާގެ ސައިކަލުގައި ރޯކޮށްލައިގެން މީހަކު ހައްޔަރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން މިއަދު ނެރުނު އަމުރަކުން އެނގުނު ގޮތުގައި މި މައްސަލާގައި ހައްޔަރުކުރީ 21 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެއީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ އަންހެން މީހާގެ ކުރީގެ ފިރިމީހާގެ ސައިކަލު ކްރިމިނަލް ކޯޓުގައި އޭނާ ވަނީ ބުނެފަ އެވެ. އެ ކަން ކުރެވުނީ މަސްތުގެ ހާލަތުގައި އޭނާ ހުއްޓައި ކަމަށް ވެސް ބުންޏެވެ.
ރޯކޮށްލީ ޖަނަވަރީ މަގު ވެލިގާ ހާޑުވެއާ ކައިރީ ސައިކަލު ބަހައްޓާފައި ވަނިކޮށެވެ.
ހައްޔަރުކުރި މީހާ 15 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކުރިއިރު، އެއީ ކުށުގެ ރެކޯޑު ގިނަ އަދި ކުށްކުރާ ޖަމާއަތެއްގައި ހަރަކާތްތެރިވާ ކަމުގެ ރެކޯޑު އޮތް މީހެއް ކަމަށް ކޯޓު އަމުރުގައިވެ އެވެ.
ތިގޮތަށް ޕޮލިސްގެ އެސް.އޯ ފުލުހެއްގެ ކުރީގެ އަނބިމީހާ މިހާރު ރައްޓެހިވެގެން އުޅުނު މީހެއްގެ ސައިކަލުވެސް ވަގަށް ނަގާ ރޯކޮއްލި. ޢެކަން ކުރީ ފުލުހުންގެ 3 މީހަކު ބައިވެރިވެގެން. ކެމެރާ ރިކޯރޑިންގ އާއިއެކު ފުލުހަށް ހުށަހެޅީމަ އެ ހުށަހެޚި ސޮރަށްއަޢީ މަރުގެ އިންޒާރު. ޢެންމެ ފަހުން މައްސަލަ އަނބުރާ ނަގަން ޖެހުނީ.