ޚަބަރު

ޓޫރިޒަމްއާ އެންވަޔަރަމެންޓް މިނިސްޓްރީ އެއްކޮށްލައިފި

. ، ދެން އޮންލައިން
ޓޫރިޒަމްއާ އެންވަޔަރަމެންޓް މިނިސްޓްރީ އެއްކޮށްލައި މިނިސްޓަރަކަށް ތާރިގު ވަނީ އައްޔަންކޮށްފައި

ރައީސް ޑރ. މުހައްމަދު މުއިއްޒު ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް އެންޑް އެނަޖީ އަދި ޓޫރިޒަމް މިނިސްޓްރީ އެއްކޮށްލައްވައި، މިނިސްޓަރުގެ މަގާމަށް ތާރިގު އިބްރާހީމް މިއަދު އައްޔަނުކުރައްވައިފި އެވެ.

ރައީސް އޮފީހުން މިއަދު އާއްމުކުރި ހަބަރެއްގައި ބުނީ މިނިސްޓަރުކަމުގެ ހުވާ ތާރިގު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ކުރިފުޅުމަތީގައި ކުރައްވާފައިވާ ކަމަށެވެ.

މިނިސްޓަރު ކަމަށް ތާރިގު އައްޔަންކުރެއްވުމަށް ފަހު ތިމާވެއްޓާއި ފަތުރުވެރިކަން ގުޅުވައިގެން ރާއްޖެ އިޝްތިހާރުކުރެއްވުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ޓޫރިޒަމްއާ އެންވަޔަރަމެންޓް އެއްކޮށްލާފައިވާއިރު، މިހާތަނަށް އެ ދެ މިނިސްޓްރީވެސް މިހާތަނަށް ވަކިން ހިންގަމުން އައިއިރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވީ އިބްރާހިމް ފައިސަލް އެވެ. ފައިސަލް އެ މަގާމުން ވަކިކުރީ ހުސްވި ހަފްތާގެ އަންގާރަ ދުވަހު އެވެ.

މީގެ ކުރިން ކެބިނެޓަށް ގެނައި އެންމެ ބަދަލަކީ ހައުސިން މިނިސްޓްރީއާ ޕްލޭނިން މިނިސްޓްރީ އެއްކޮށްލުމެވެ. ހައުސިން މިނިސްޓަރަކަށް ހުންނެވި ޑރ އަލީ ހައިދަރު އަހުމަދު ބަދަލުކުރެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށެވެ. އަދި އެ މިނިސްޓްރީ ހިންގަވަމުން ގެންދެވި ޑރ މަރިޔަމް މާރިޔާއާ ހަވާލުކުރެއްވީ އެނިމަލް އެންޑް ވެލްފެއާ މިނިސްޓްރީ އެވެ. އެ ބަދަލުތައް ގެނައި ސަބަބެއް ސަރުކާރުން ނުބުނެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!