ޚަބަރު

އިދިކޮޅު މެންބަރުން ތަޅުމުން ބޭރުކޮށް ރިޔާސީ ބަޔާން އިއްވަން ފަށައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީސް މި އަހަރަށް ހުޅުވާ ޖަލްސާ މިއަދު ފަށައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަން ފެއްޓެވުމާ އެކު އަޑުގަދަ ކުރައްވަން ފެއްޓެވި އެމްޑީޕީގެ މެންބަރުން ނެރެ ޖަލްސާ އަލުން ފަށައިފި އެވެ.

Ads by STELCO

މަޖިލީހުގެ އިދާރާ ކައިރިން ސޯސަން މަގުގައި ވެސް އެމްޑީޕީގެ ސަޕޯޓަރުން ގެންދަނީ މުޒާހަރާ ކުރަމުންނެވެ.

ރައީސް މިހާރު ގެންދަވަނީ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް ނާޒިލް ހިމެނޭ ގޮތަށް އެ ޕާޓީގެ ގިނަ މެންބަރުތަކެއްގެ ނަން އިއްވައި މަޖިލީހުން ވަނީ ނެރެފަ އެވެ. އޭގެތެރޭގައި ހިމެނެނީ؛

  • ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް
  • ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ
  • ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު
  • ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް
  • ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު
  • މަރަދޫ ދާއިރާގެ މެންބަރު އަހްމަދުދީދީ
  • ތޮއްުޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު
  • ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
  • ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް

މަޖިލީހުގައި ތިއްބަވަނީ އެމްޑީޕީގެ 12 މެންބަރުންނެވެ.