Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ތާސީރު ކެފޭގައި ހިނގި މާރާމާރީ އާ ގުޅިގެން ނޭޕާލް މީހަކު ހައްޔަރުކޮށްފި

ތާސީރު ކެފޭގައި ހިނގި މާރާމާރީ އާ ގުޅިގެން ނޭޕާލް މީހަކު ހައްޔަރުކޮށްފި
މާލޭ، މާވެޔޮމަގުގައި ހުންނަ ތާސީރު ކެފޭގައި ބިދޭސީންތަކެއްގެ ދެމެދު ހިނގި މާރާމާރީ އާ ގުޅިގެން ނޭޕާލް މީހަކު ހައްޔަރުކޮށްފި އެވެ. އެ ކެފޭގެ ބަދިގޭގައި މާރާމާރީ ހިނގީ އެ ތަނުގެ ކައްކާ އާއި އޭނާއަށް އެހީތެރިވާން އުޅުނު މީހާ އާ ދެމެދުގަ އެވެ. ކައްކާއަކީ ނޭޕާލު މީހެކެވެ. އެހީތެރިޔާއަކީ ބަންގްލަދޭޝް މީހެކެވެ. މާރާމާރީ އާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއެއްގައި ފެންނަނީ ޒަހަމުވި މީހާ ކެފޭ ތެރޭގައި އިށީދެގެން އިންނަ މަންޒަރެވެ. އޭރު ވެސް އޭނާގެ ހަށިގަނޑުން ލޭ ފައިބަމުންދެ އެވެ. އޭނާއަށް އެހީވާން ދިވެއްސަކު މަަސައްކަތް ކުރާއިރު، އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ މަންޒަރު ވީޑިއޯއިން ފެނެ އެވެ. މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން މިއަދު ބުނީ އެ މައްސަލަ އާ ގުޅިގެން ހައްޔަރުކުރީ ނޭޕާލުގެ ރައްޔިތެއް ކަމަށްވާ ސިދާތާ ގުރުން (24އ) ކަމަށެވެ. އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
"އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 5 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައި،"
އެ މާރާމާރީގައި އަނިޔާވި ބަންގްލަދޭޝް މީހާއަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައި ކަމަށް ފުލުހުން ބުންޏެވެ. މާރާމާރީގެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް