ޚަބަރު

ޓެރަރިޒަމްއާ ދެކޮޅަށް ޕާކިސްތާނު އަސްކަރިއްޔާއިން ހޯދާ ކާމިޔާބީތަކަށް ހިލްމީގެ ތައުރީފް

އަލީ ސަމާޙް ، ދެން އޮންލައިން
ޗީފް އޮފް ޑިފެންސް ހިލްމީ ޖެނެރަލް ސާހިރުއާ އެކު ބޭއްވި ބައްދަލުވިުމުގެ ތެރެއިން/ ފޮޓޯ: ޑެއިލީ އިސްލާމް އާބާދު ޕޯސްޓު

ޓެރަރިޒަމްއާ ދެކޮޅަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ހޯދަމުންދާ ކާމިޔާބީތައް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ފާހަގަކޮށް ވަރަށް ބޮޑަށް ތައުރީފްކޮށްފި އެވެ.

Ads by STELCO

ރަސްމީ ދަތުރެއްގައި މި ވަގުތު ޕާކިސްތާނުގައި ހުންނެވި ރާއްޖޭގެ ޗީފް އޮފް ޑިފެންސު މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ ވަނީ ޕާކިސްތާނުގެ ޖޮއިންޓް ޗީފް އޮފް ސްޓާފްސް ކޮމިޓީގެ ޗެއާމަން ޖެނެރަލް ސާހިރު ޝަމްޝާދު މިރްޒާއާ މިއަދު ބައްދަލުކޮށްފަ އެވެ.

ޕާކިސްތާނުގެ އާމްޑް ފޯސް ނިއުސްގެ "އެކްސް" އެކައުންޓުން ކުރި ޕޯސްޓެއްގައި ގައި ބުނީ، ރާވަލްޕިންޑީ ސިޓީގައި ހުންނަ ޖޮއިންޓް ސްޓާފް ހެޑްކުއާޓާ ގައި ބޭއްވި އެ ބައްދަލުވުމުގައި ދެ ގައުމުގެ ދިފާއީ ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް ދެ ބޭފުޅުންވެސް އަލިއަޅުވައިލައިފައިވާ ކަމަށެވެ.

އެގޮތުން ރާއްޖެއާ ޕާކިސްތާނު ގުޅިގެން އަސްކަރީ ހަރަކާތްތަކާއި ޖޮއިންޓް އޮޕަރޭޝަންތައް ހިންގުމާ ގުޅޭ ގޮތުންވެސް މަޝްވަރާކޮށްފައިވެ އެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާއިން ސިފައިން މަތީ ފަންނީ މިންގަނޑުތަކާއި، ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ހޯދާ ކާމިޔާބީތައް ހިލްމީ ތައުރީފްކުރި ކަމަށްވެސް އެ ޕޯސްޓުގައި ބުންޏެވެ.

ހިލްމީގެ ދަތުރާ ގުޅޭ ގޮތުން އެމްއެންޑީއެފުން އެއްވެސް މައުލޫމާތެއް އަދި މިހާތަނަށް ހިއްސާކޮށްފައެއް ނުވެ އެވެ.