މާރާމާރީއެއް ހިންގަން އުޅުނު ބަޔަކު އަތުލައިގެންފި

މާލެ، ދޮންހުރާ ގޯޅީގައި މާރާމާރީއެއް ހިންގަން މަސައްކަތްކުރި މައްސަލަ އާ ގުޅިގެން ދެ މީހަކާއި ކުޑަކުއްޖަކު ހައްޔަރުކޮށްފި އެވެ.
މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ވައިލެޓް މަގު، ދޮންހުރާ ގޯޅީގައި ބަޔަކު މާރާމާރީ ހިންގަން މަސައްކަތްކޮށްފައި ވަނީ ރޭ 8:17 ހާއިރު ކަމަށެވެ.
އެ މައްސަލަ އާ ގުޅިގެން ދެ މީހަކާއި 18 އަހަރު ނުފުރޭ ކުޑަކުއްޖަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މާރާމާރީ ހިންގަން މަސައްކަތްކުރި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

Ads by Ooredoo