Monday, 2 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އާބިޓްރޭޝަން ސެންޓަރުގެ އޮޑިޓް : މަޤްސަދު ހާސިލްނުވެ، 3.2 މިލިއަން ރުފިޔާގެ ޚަރަދު

އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރު

 އާބިޓްރޭޝަން ސެންޓަރުގެ އޮޑިޓް : މަޤްސަދު ހާސިލްނުވެ، 3.2 މިލިއަން ރުފިޔާގެ ޚަރަދު


އާބިޓްރޭޝަނާ ގުޅޭ އެއްވެސް ކަމެއް ނުކުރި ނަމަވެސް މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރު (އެމްއައިއޭސީ)ގެ ފާއިތުވި 3 އަހަރު 3 މިލިއަން ރުފިޔާ ހަރަދުކޮށްފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އުފެއްދި މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރު 2025ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓު އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްމި ރިޕޯޓުން ދައްކާގޮތުގައި އެ ސެންޓަރުގެ މާލީ ކަންކަން ހިންގާ ބަލަހައްޓާފައި ވަނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދާ އެއްގޮތަށެވެ.   

މިދިޔަ އަހަރަށް އެމް.އައި.އޭ.ސީއަށް ފާސްކޮށްފައި ވަނީ 3,667,255 ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ބަޖެޓަށް ގެނެވުނު ބަދަލުތަކާ އެކު ފައިނަލް ބަޖެޓުގެ ގޮތުގައި ކަނޑައެޅުނީ 3,391,157 ރުފިޔާއެވެ. 2025ވަނަ އަހަރު ނިމުނުއިރު އެ ސެންޓަރުން ޖުމްލަ ޚަރަދުގެ ގޮތުގައި 3,330,473 ރުފިޔާ ބޭނުންކޮށްފައިވެއެވެ. މިއާ އެކު ފާސްކުރި ބަޖެޓުން 276,098 ރުފިޔާ ބާކީވެފައިވާއިރު، ފައިނަލް ބަޖެޓުން ބާކީވެފައި ވަނީ 60,685 ރުފިޔާއެވެ.

އެމްއައިއޭސީގެ ޚަރަދުތައް ބެހިފައިވާ ގޮތަށް ބަލާއިރު:

ރިކަރަންޓް ޚަރަދު: ޖުމްލަ ޚަރަދުގެ 98 އިންސައްތަ ނުވަތަ 3,247,953 ރުފިޔާ ހޭދަކޮށްފައި ވަނީ ރިކަރަންޓް ޚަރަދުތަކަށެވެ.

މުވައްޒަފުންގެ ޚަރަދު: މީގެ ތެރެއިން މުވައްޒަފުންނަށް ހިނގި ޚަރަދުގެ ގޮތުގައި 2,382,916 ރުފިޔާ ހޭދަކޮށްފައިވެއެވެ. މިއީ ރިކަރަންޓް ޚަރަދުގެ 76 އިންސައްތައެވެ.

ކެޕިޓަލް ޚަރަދު: ކެޕިޓަލް ޚަރަދުގެ ގޮތުގައި ހޭދަކޮށްފައި ވަނީ ޖުމްލަ ޚަރަދުގެ 2 އިންސައްތަ ނުވަތަ 82,520 ރުފިޔާއެވެ.

އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، އެ ސެންޓަރަށް ދޫކުރެވުނު ބަޖެޓުގެ ތެރެއިން ޚަރަދުތައް ކޮށްފައި ވަނީ ކަނޑައެޅިފައިވާ މިންވަރަށް، އަދި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ކަންތައްތަކަށެވެ. މީގެ އިތުރުން މި އޮޑިޓް ކުރިއަށް ގެންގޮސްފައި ވަނީ އިންޓޮސައިގެ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަން ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް