ޚަބަރު

އަންހެނުން ރިސޯޓުތަކުގައި ވަޒީފާ އަދާކުރަން މާ ރައްކާތެރި: މިނިސްޓަރު މައުސޫމް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މާލެއަށް ވުރެ، އަންހެނުން ވަޒީފާ އަދާކުރުމަށް ރިސޯޓުތައް މާ ރައްކާތެރިކަމުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

Ads by STELCO

އޮންލައިން ނޫހެއް ކަމަށްވާ "ސަން" އަށް ދިން އިންޓަވިއުއެއްގައި މިިނިސްޓަރު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުންގެ މުސްތަގުބަލު ވަރަށް އުޖާލާ ކަމަށެވެ. އެގޮތުން ރަށް ރަށުގައި ފަތުރުވެރިކަމާއި ގުޅުންހުރި ވަޒީފާގެ ފުރުސަތުތައް ހުޅުވެމުންދާ ކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ މިއީ ގޭގައި އުޅެމުން ވެސް މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާ ކަމެއް ކަމަށެވެ.

މީގެ އިތުރުން ރިސޯޓުތަކުގައި މަސައްކަތް ކުރާ އަންހެނުންގެ އަދަދު މަދުކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ ރިސޯޓުތަކުގައި މަސައްކަތް ކުރާ އަންހެނުންގެ އަދަދު މަދުވާ އެއް ސަބަބަކީ ރިސޯޓުތަކުގައި އަންހެނުންނަށް ދިމާވާ ގޮންޖެހުންތައް ކަމަށެވެ. އެގޮތުން އެކި ގައުމުތަކުގެ މީހުންނާއި ގިނަ ފިރިހެނުން ގިނަ ވުމާއެކު އެފަދަ ގޮންޖެހުންތައް ކުރިމަތިވާ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ނަމަވެސް މާލެއަށް ވުރެ އަންހެނަކު މަސައްކަތް ކުރުމަށް ރިސޯޓުތައް މާ ރައްކާތެރި ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

"ރިސޯޓަކަށްދާ އަންހެން ކުއްޖަކަށް ވަރަށް ބޮޑެތި ޗެލެންޖުތައް ދިމާވާނެ. އަސްލު އޭގެ ޒާތުގައި އަޅުގަނޑަށް ޔަގީން ކަށަވަރު ރިސޯޓެއް މާ ސޭފް ވާނެ މާލެ، ހުޅުމާލެ ވިލިނގިލި ނޫނީ އެހެން ބޮޑު ސިޓީއަކަށް ވުރެ އަންހެން ކުއްޖަކަށް. އެކަން އެހެން ދެނެގަންނަން އުނދަގޫވާނެ،" މިނިސްޓަރު މައުސޫމް ވިދާޅުވި އެވެ.

އަދި މީހުން ދިރިއުޅޭ ރަށްރަށާއި ކައިރިން ގިނަ ރިސޯޓުތައް ހުޅުވިގެންދާނަމަ މި މައްސަލަ އަށް ބޮޑު ހައްލެއް ލިބިގެން ދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!