Sunday, 1 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އެންމެންވެސް ސައިން ލެންގުއޭޖް ކޮންމެވެސް ވަރަކަށް އެބަ ދަސްކުރަން ޖެހޭ: މިނިސްޓަރު

އެންމެންވެސް ސައިން ލެންގުއޭޖް ކޮންމެވެސް ވަރަކަށް އެބަ ދަސްކުރަން ޖެހޭ: މިނިސްޓަރު
އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ އިޝާރާތުން މުއާމާލަތްކުރުމަށް، އެންމެންނަށް ސައިން ލެންގުއޭޖް ކޮންމެވެސް މިންވަރަކަށް އެނގެން ޖެހޭ ކަމަށް ޖެންޑާ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އިއްޔެ ވިދާޅުވެއްޖެ އެވެ. ޖެންޑާ މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ގޮތުން ރައީސް އޮފީހުގައި ބޭއްވި ޕްރެސް ބްރީފިންގައި މިނިސްޓަރު އައިޝަތު ވިދާޅުވީ ސައިން ލެންގުއޭޖް ދަންނަ މީހުން މަދުކަމުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިދާރާތަކާ މުއާމަލާތު ކުރަން އުދަނގޫވާ ކަމުގެ ޝަކުވާ ލިބޭ ކަމަށެވެ. ސައިން ލެންގުއޭޖް ދަސްކުރަން ބާރުއަޅަން މަސައްކަތްތަކެއްވެސް ކުރަމުންދާކަން ފާހަގަކުރެއްވުމަށް ފަހު މިނިސްޓަރު ވިދާޅުވީ ސައިން ލެންގުއޭޖް އެންމެންނަށްވެސް އެނގުން މުހިއްމެއް ކަމަށެވެ.
ރާއްޖޭގެ ހުރިހާ އެންމެންވެސް ސައިން ލެންގުއޭޖް ކޮންމެވެސް ވަރަކަށް އެބަ ދަސްކުރަން ޖެހޭ
ޖެންޑާ މިނިސްޓްރީން މިހާރުވެސް ސައިން ލެންގުއޭޖް ކޯހެއް ކުރިއަށް އެބަގެންދެ އެވެ. އޭޕްރީލް ނިމޭއިރު 160 އެއްހާ މީހުން އެ ކޯހުގެ ތެރެއިން ތަމްރީނު ފުރިހަމަކޮށް ނިމޭނެކަމަށް މިނިސްޓަރު އައިޝަތު ވިދާޅުވި އެވެ. އަދި މޯލްޑިވްސް ޑެފް އެސޯސިއޭޝަންއާ ގުޅިގެންވެސް ސައިން ލެންގުއޭޖް ކޯސްތަކެއް ހިންގުމުގެ މަސައްކަތްތަކެއްވެސް ކުރިއަށް އެބަދެ އެވެ. އޭގެ އިތުރުން ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ވެސް ސައިންލެންގުއޭޖް ކޯސްތަކެއް ތައާރަފްކުރުމުގެ މަޝްވަރާތައް  ކުރިއަށްދާ ކަމަށް އައިޝަތު ވިދާޅުވި އެވެ. " ކޮންމެ ދާއިރާއަކުން ތައުލީމު ހާސިލުުކުރިއަސް އިތުރަށް ސައިން ލެންގުއޭޖް ހުރިހާ ފަރާތްތަކުން ދަސްކުރުން މުހިއްމުކަން އޭރު އަޅުގަނޑުމެންނަށް މައުލޫމާތު ބަދަލުކޮށް ވާހަކަ ދެކެވޭނީ، އެހެން ނޫނީ ޝާމިލުވާ ވިލުންތެރި މުޖުތަމައަކަށްވެގެން ނުދޭ" އޭނާ ވިދާޅުވީ އެމްއެންޔޫގެ ދެވަނަ ސެމިސްޓާގައި އެ ކޯސްތައް ފަށާނެ ކަމަށެވެ. ޖެންޑާއިން ކުރިއަށްގެންދާ ސައިން ލެންގުއޭޖް ކޯހުގެ ފުރަތަމަ މަރުހަލާގައި ސަރުކާރުގެ އެކި އިދާރާތަކާއި ކުންފުނިތަކުގައި އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހިދުމަތްދޭން ތިބޭ މުވައްޒަފުންނަށް ކޯސް ކުރިއަށް ގެންދިއުމުގައި އިސްކަން ދެވޭނެ ކަމަށާއި އެއީ ސެލްފް-ޕޭސްޑްކޮށް ދެވިފައިވާ މުއްދަތެއްގެ ތެރޭގައި ނިންމާގޮތަށް ފަރުމާ ކުރެވިފައިވާ ކޯހެއް ކަމަށް މިނިސްޓްރީން މީގެ ކުރިން ބުނެފައިވެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް