Saturday, 31 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ކޯސް ފީ ދައްކަނީ އެ މެންބަރެއްގެ އަމިއްލަ ޖީބުން: ފަލާހު

ކޯސް ފީ ދައްކަނީ އެ މެންބަރެއްގެ އަމިއްލަ ޖީބުން: ފަލާހު

ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހާއްސަކޮށްގެން ފެށި އެޑްވާންސްޑް ސެޓްފިކެޓް އިން ޝަރީއާ އެންޑް ލޯގެ ކޯހަށް ފައިސާ ދައްކަނީ އެ މެންބަރަކު އަމިއްލައަށް ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު މިރޭ ވިދާޅުވެއްޖެ އެވެ.

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ހިންގާ ގޮތަށް އިއްޔެ ފެށި އެ ކޯހަކީ އެއް އަހަރު ދުވަހުގެ ކޯހެކެވެ. ކޯހުގައި އަށް މެންބަރަކު ބައިވެރިވެވަޑައިގެންނެވި އެވެ.

<span class="css-1jxf684 r-bcqeeo r-1ttztb7 r-qvutc0 r-poiln3">"މި ކޯސް މީ މާތް ކަލާކޯ މަޖިލީހުން ހަރަދު ކޮށްގެން ހިންގާ ކޯހެއް ނޫން، މި ކޯހަށް ހިނގާ ހަރަދު އެ ބައިވެރި އަކު އަމިއްލައަށް ކުރަނީ،" ރައްޔިތުންގެ މަޖިލީހުގައި އިނގުރައިދޫ ދާއިރާ ތަމްސީލްކުރައްވާ މެންބަރު ފަލާހު ވިދާޅުވި އެވެ.</span>

Advertisement
Allied Insurance — Square (box)

އިއްޔެ ކޯސް ފެށުމުގެ ގޮތުން އައިޔޫއެމްގައި ބައްދަލުވުމެއް ބޭއްވި އެވެ. އެ ބައްދަލުވުމުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ބައިވެރިވެވަޑައިގެންނެވި އެވެ.

އައިޔޫއެމްގައި ބޭއްވުނު ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ އެފަދަ ކޯހެއް މެންބަރުންނަށް ހިންގަވައިދެއްވުމަށް އެދިވަޑައިގެންނެވި މައިގަނޑު ބޭނުމަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ މަތީ ތައުލީމު ހާސިލުކޮށްފައިވާ އިލްމީގޮތުން ގާބިލު މެންބަރުންތަކެއް ތިބި އަދި އިލްމީ މަސައްކަތްތަކެއް ކުރާ ނަމޫނާ މަޖިލީހެއްގެ ގޮތުގައި ހެއްދެވުމަށް ބޭނުންވާތީ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް