Monday, 2 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އެސްޓީއޯއިން އަގުހެޔޮކޮށް ލުނބޯ ވިއްކަން ފަށައިފި، ކިލޯއެއް 40 ރުފިޔާއަށް

އެސްޓީއޯއިން އަގުހެޔޮކޮށް ލުނބޯ ވިއްކަން ފަށައިފި، ކިލޯއެއް 40 ރުފިޔާއަށް
ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް އެސްޓީއޯއިން އިންޑިއާއިން އެތެެރެކުރި ލުނބޯ މިއަދު އަގުހެޔޮކޮށް ވިއްކަން ފަށައިފި އެވެ. އެސްޓީއޯއިން މިރޭ ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ވަނީ ލުނބޯ ވިއްކާނެ އަގުތައް ވެސް ހާމަކޮށްފަ އެވެ. އެގޮތުން ލުނބޯ ވިއްކަން ނިންމާފައި ވަނީ
  • ކިލޯއެއް 40 ރުފިޔާއަށް
  • އެއް ކޭސް 145 ރުފިޔާއަށް
މިދިޔަ ހޮނިހިރު ދުވަހު އެސްޓީއޯއިން ވަނީ އަގުހެޔުކޮށް ކާއްޓެއް ފަސް ރުފިޔާއަށް ވެސް ވިއްކަން ފަށައިފަ އެވެ. އެސްޓީއޯއިން މިހާރު ދަނީ 4 ކެޓެގެރީއެއްގެ ކާބޯތަކެތި އެތެރެކުރުމަށް ތައްޔާރުވަމުންނެވެ.
އޭގެ ތެރޭގައި
  • އަސާސީ ކާބޯތަކެތި: ފިޔާ، ބިސް އަލުވި، ކާށި، ކަދުރު
  • ތާޒާ ތަރުކާރީ އަދި މޭވާ: ލުނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބޫ، ޕެޝަންފުރުޓް، ކިއުކަންބާ
  • ޕްރޮސެސްޑް ކާނާ : ނެސްލޭ ކުރީމް، ކޮކޯ ޕައުޑާ، ބޭކެޓް ބީންސް، ގެރިކިރު ދަޅު
  • ކެއްކުމަށް ބޭނުންކުރާތަކެތި: ސަންފްލާވާ އޮއިލް، ވެޖިޓަބަލް އޮއިލް، ބާސްމަތި ހަނޑޫ
 

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް