ޚަބަރު

އެއް އަންހެނެއްގެ 3 ފިރިން ތިބޭ ކަމަށް ބުނާ މައްސަލައެއް

އަލީ ސަމާޙް ، ދެން އޮންލައިން
މަޖިލީހުގެ ގަވާއިދު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: މަޖިލީސް

ދިވެހި އަންހެނެއްގެ 3 ފިރިން ތިބޭ ކަމަށް ބުނާ މައްސަލައެއް ފާހަގަވެފައިވާ ކަމަށް ފެމެލީ ކޯޓުން މިއަދު ބުނެފި އެވެ.

Ads by Hajj Corporation

އާއިލާއާ ބެހޭ ގަވާއިދަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައަަކާ ގުޅިގެން ފެމެލީ ކޯޓު ހިމެނޭހެން ގިނަ އިދާރާތަކެއް ހާޒިރުކޮށް ބައްދަލުވުމެއް ކުރިއަށް އެބަދެ އެވެ.

އެ ކޮމިޓީގައި ފެމެލީ ކޯޓުގެ ލީގަލް އޮފިސަރު އަހުމަދު މައުސޫމް ވިދާޅުވީ އެ އަންހެން މީހާ 3 ކައިވެނިވެސް ކޮށްފައިވަނީ ރާއްޖެއިން ބޭރުގައި ކަމަށެވެ.

"އެއް އަންހެނަކު 3 ފިރިން ތިބި މައްސަލައެއް ފާހަގަކުރެވުނު" މައުސޫމް ވިދާޅުވި އެވެ.

ރާއްޖޭގެ ގަވާއިދުތަކަށް "ފިލަން" ވެގެން ބޭރުގެ ގައުމުތަކަށް ގޮސް ކައިވެނިކުރާ މައްސަލަތައް އިތުރުވެފައިވާކަން ކޯޓުން ފާހަގަކުރި އެވެ. އެކަމުން މައްސަލަތައް ކުރިމަތިވެ، އެފަދަ މައްސަލައެއް ހައިކޯޓުގައި ހިނގަމުންދާ ކަމަށް ވެސް ބުންޏެވެ.

ބޭރުގައި ކައިވެނިކުރާނަމަ ހުއްދަ ނަގަން ޖެހޭ ކަމުގައިވިޔަސް ހުއްދަ ނުނަގާ ކައިވެނިތައްކުރުންވެސް ވަނީ އިތުރުވެފަ އެވެ. އޭގެ ސަބަބުން ނަސަބުއޮޅޭ ކަމަށް މައުސޫމް ވިދާޅުވި އެވެ.

"އުސޫލާ އެއްގޮތަށް ކުރަންޏާ އެކަމުގައި މައްސަލައެއް ނެތް،" ކޯޓުން ބުންޏެވެ.

  1. ދިވެހިރާއްޖޭގައި އުފެދިގެން އުޅޭ އަސްލު މައްސަލައަކީ ކޮބައިތޯ އަސްލު މިވެގެން އުޅޭގޮތް ހޯދާ އެކަން ހައްލުކުރަން ދިރާސާއެއް ހަދަންވީ !