ބޮލީވުޑް މުނިފޫހިފިލުވުން

ވިރާތު ކޯލީ ، މޯދީއަށް ފޮނުވި އުފަންދުވަހުގެ ތަހުނިޔާއަށް މޯދީ ޖަވާބު ދިނީ ދެމަފިރިންނަށް މަރުހަބާ ކިޔަމުން

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

އިންޑިއާގެ ކުރިކެޓް ކެޕްޓަން ވިރާތު ކޯލީ ، ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށް އުފަންދުވަހުގެ ތަހުނިޔާ ފޮނުވުމުން ، އަލަތު ދަރިފުޅަށް އިންތިޒާރު ކުރަމުންދާ ވިރާތު ކޯލީއަށާއި އަނބިމީހާ އަނުޝްކާ ޝަރުމާއަށް މޯދީ މަރުހަބާ ކިޔައިފިއެވެ.

Ads by STELCO

ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް ޖޯޑު ކަމަށްވާ އަނުޝްކާ ޝަރުމާއާއި ވިރާތު ކޯލީ މިހާރު ދަނީ އަލަތު ދަރިފުޅަށް އިންތިޒާރު ކުރަމުންދާއިރު އަނުޝްކާ ބަލިވެއިން ކަމުގެ ޚަބަރު އާންމުންނަށް ވަނީ ދީފައެވެ. މީގެ އިތުރުން އަނުޝްކާ ވަނީ އޭނާ ބަނޑުބޮޑުކޮށް ފެންނަ ދެ ފޮޓޯއެއް ވެސް ފޭނުންނާ ހިއްސާކޮށްފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު 70 ވަނަ އުފަން ދުވަސް ފާހަގަކުރި ބޮޑު ވަޒީރު މޯދީއަށް ޓްވިޓާ މެދުވެރިކޮށް ވިރާތު ފޮނުވި މެސެޖުގެ ޖަވާބުގައި ބޮޑު ވަޒީރު ވިދާޅުވީ އެމަނިކުފާނު ވެސް ވިރާތަށާއި އަނުޝްކާއަށް މަރުޙަބާ ކިޔާ ކަމަށާއި އެ ދެމަފިރިންނަކީ ވަރަށް ފުރިހަމަ މައިންބަފައިންނަށް ވާނެ ކަމަށް ޔަގީން ކުރާ ކަމަށެވެ.

ބޮޑު ވަޒީރު މޯދީގެ އުފަންދުވަހުގެ މުނާސަބަތުގައި އެތައް މިލިއަން މީހުންނެއް ވަނީ އޭނާއަށް ތަހުނިޔާ ކިޔާފައެވެ. އޭގެ ތެރޭގައި ފިލްމީ ތަރިން ކަމަށްވާ އަޖޭ ދޭވްގަން ، ސަލްމާންޚާން ، އާމިރުޚާން ، ޝާހިދުކަޕޫރު، ކަރަން ޖޯހަރު، މަދޫރީ ޑިކްސިޓް، ކަންގަނާ ރަނައުޓް ހިމެނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!