ޚަބަރު

14 ކިލޯ ޑްރަގާ އެކު ޒުވާން އަންހެނަކު ހައްޔަރުކޮށްފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ހުޅުމާލޭގައި ހުރި ގެއެއް ބަލައި ފާސްކޮށް، 14 ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި މަރްޔަމް ޒީނާ / ފޮޓޯ:ފުލުހުން

ހުޅުމާލެ ފޭސް 1 ގައި ހުރި ގެއެއް ބަލައި ފާސްކޮށް، 14 ކިލޯގެ މަސްތުވާތަކެއްޗާ އެކު ޒުވާން އަންހެނަކު ހައްޔަރުކޮށްފި އެވެ.

Ads by STELCO

ފުލުހުން މިއަދު ބުނީ އޭނާ ހައްޔަރުކުރީ ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ ބުދަ ދުވަހު އެވެ. އޮޕަރޭޝަނުގައި ހުޅުމާލެ ފޭސް 1 ގައި ހުރި ގެއެއްގެ އެޕާޓްމަންޓެއް ފުލުހުން ވަނީ ބަލައި ފާސްކޮށްފަ އެވެ.

އެ އެޕާޓްމަންޓު ބަލައި ފާސްކުރިއިރު، 14 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ކަމަށް ޝައްކުރެވޭ އެއްޗެހި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ހއ. ތުރާކުނު، އާހިޔާ، މަރްޔަމް ޒީނާ (23އ) އެވެ.

ފުލުހުން އިތުރަށް ބުނީ ޒީނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

  1. ސަރީފް

    14ކިލޯމަސްތުވާއެއްޗެހިރާއްޖެއައްއެތެރެކުރެވޭނީއެކަންކަންބަލަން ސަރުކާރުންބޮޑުމުސާރަދީފައިތިބިމީހުންގެދޯދިއާކަމުން

  2. ޝައްކުތަ؟ޔަގީން ނުވަނީސް ކީއްވެ ފޮޓޯ ޖަހަނީ؟