Sunday, 1 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޕީއެންސީގައި ފިތުނަ އުފެދޭ ކަންކަމާ ދުރުވާން ފަލާހު ގޮވައިލައިފި

ޕީއެންސީގައި ފިތުނަ އުފެދޭ ކަންކަމާ ދުރުވާން ފަލާހު ގޮވައިލައިފި

ސަރުކާރުގެ މައި ޕާޓީ, ޕީއެންސީގެ ތެރޭގައި ފިތުނަ ފަސާދަ އުފެދޭ ކަންކަމާ ދުރުހެލިވާން ރައްޔިތުންގެ މަޖިލީހުގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ރޭ ގޮވައިލައިފި އެވެ.

ފަލާހު އެގޮތަށް ގޮވައިލީ ޕީއެންސީން ބޭއްވި ''ކޮންގްރެސް މާހެފުން 2025'' ގައި ދެއްކި ވާހަކާގަ އެވެ.

އޭނާ ވިދާޅުވީ ޕީއެންސީއަށް ނިސްބަތްވާ މީހުން މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް ވާހަކަ ދައްކާއިރު ހަގީގަތާ އެއްގޮތަށް ވާހަކަ ފެތުރުމަކީ ގައުމުގެ މަސްލަހަތަށް މުހިއްމު ކަމެއް ކަމަށެވެ.

Advertisement
Allied Insurance — Square (box)

<strong>"އަޅުގަނޑުމެން ދޭން ބޭނުންވާ މެސެޖަކީ އަޅުގަނޑުމެން [ޕީއެންސީ] ގެ ތެރޭގައި ފިތުނަ ފަސާދަ އުފެދޭ ޒާތުގެ އެކި އެކި ކަންކަމާ ދުރުހެލިވުން. ހާއްސަ ގޮތެއްގައި ނޫސް މީޑިއާތަކާއި ސޯޝަލް މިޑީއާގެ އެކި އެކި ޕްލެޓް ފޯމްގައި ވާހަކަދައްކާއިރު ހަގީގަތާ އެއްކޮށް ވާހަކަ ފެތުރުމަކީ ގައުމުގެ މަސްލަހަތަށް މުހިއްމު ކަމެއް"</strong> އިނގުރައިދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވާ ފަލާހު ވިދާޅުވި އެވެ.

https://twitter.com/pnc_secretariat/status/1893010190699765781

<strong>"ތެދާއި ދޮގާއި މި ދޭތި އޮޅުވާލުުމަކީ އާއިލާތައް ފަސާދަވެގެންދާނެ ކަމެއް"</strong> މީޑިއާތަކުންވެސް ފެތުރޭ ވާހަތަކުގެ ތެދު ހަގީގަތް ޔަގީންކުރަން ފަލާހު އިލްތިމާސްކުރި އެވެ.

އެހެން ނޫނީ ރައްޔިތުންނާ ސަރުކާރާ ޖެހި، ކަން ހިނގަންވާ ގޮތާ ހިލާފަށް ކަންކަން ހިނގައި މަސްލަހަތު ގެއްލޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ފިތުނާ އުފެދޭ ކަންކަމާ ދުރުވާން ފަލާހު ގޮވައިލައިފައިވާއިރު، އެއީ ސީދާ ކޮންކަމަކަށް އިޝާރާތްކޮށް ދެއްކި ވާހަކައެއްކަން އޭނާ ވިދާޅެއް ނުވެ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް