ޚަބަރު

މަޑިފުށީގައި ރޭޕްގެ މައްސަލައެއް، ތުހުމަތުވާ މީހާ މަރުވެއްޖެ

. ، ދެން އޮންލައިން

ތ. މަޑިފުށީގައި އަންހެނަކު ރޭޕް ކުރި މައްސަލައެއް ރިޕޯޓްކޮށްފައި ވަނިކޮށް ތުހުމަތުވާ މީހާ މަރުވެއްޖެ އެވެ.

މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، އަންހެނަކު ރޭޕްކޮށްފައިވާ ކަމުގެ މައްސަލައެއް އާދިއްތަ ދުވަހު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

"އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހާ މިހާރު ވަނީ ނިޔާވެފައި" ފުލުހުން ބުނީ އެ މީހާއަކީ 63 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެ މީހާ މަރުވީ ކޮންއިރަކު ކަމެއް ފުލުހުން ނުބުނެ އެވެ.

އެމަރާ ގުޅޭ އިތުރު ތަފްސީލެއްވެސް ނުދެ އެވެ.