ކުޅިވަރުގެ އާ ވަސީލަތްތަކާ އެކު ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ސަލްޓަން ޕާކު ތަރައްގީ ކުރަނީ

ސަލްޓަން ޕާކު އަލުން ތަރައްގީ ކުރާނީ ކުޅިވަރުގެ އިތުރު ވަސީލަތްތަކާ އެކު، ޒަމާނީ ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސަލްޓަން މިހާރު ފެންނަން އޮތް ގޮތަށް "އެޑިއުޓެއިންމަންޓް އެންޑް ހެރިޓޭޖް" ކޮންސެޕްޓަށް ތަރައްގީކޮށް "ރަސްރަނި ބަގީޗާ" ގެ ނަމުގައި ހުޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގަ އެވެ. އެ މަސައްކަތް އޭރު ކުރިއަށް ގެންގޮސްފައި ވަނީ ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި ރައީސް މުއިއްޒުގެ ބެއްލެވުމުގެ ދަށުންނެވެ.
މިފަހުން ރައީސް ވަނީ ސަލްޓަން ޕާކު ވީރާނާވަމުންދާތީ އެކަމާ ހިތާމަކުރައްވާކަން ވިދާޅުވެފަ އެވެ. އެ ތަނަކީ ތޮށްޖެހިފައިވާ މާލޭގެ ރައްޔިތުންނަށް ހިތްހަމަ ޖެހުމާއި އުފާ ލިއްބައިދޭ ތަނަކަށްވާއިރު، ތަނުގެ ރީތި ކަމާއި އާރޯކަން އަނބުރާ ގެނެސްދީ އަދި ކުރިއަށް ވުރެ ފުރިހަމަކޮށްދިނުމަށް ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރާނެކަން ފާހަގަކުރެއްވި އެވެ.
އިއްޒުއްދީން ފާލަން އަލުން ތަރައްގީކޮށް އިފުތިތާހުކުރެއްވުމަށް ފަހު ރޭ، ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަލްޓަން ޕާކުގެ ހާލަތު ހުރީ އެ ފާލަން އަލުން ތަރައްގީ ކުރަން ތަން ބަންދުކުރުމާ ހަމައަށް ހުރި ގޮތަށް އެފަދަ ހާލަތެއްގައި ކަމަށެވެ.
އެމަނިކުފާނު މާލޭގެ މޭޔަރު ކަމުގެ މަގާމުގައި ހުންނެވިއިރު ކަންކަން ކުރަން ބޭނުންވި ވަރަށް ނުކުރެވުނު ކަމަށާ އަދި މިދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ވެސް އެ ޕާކު ބެލެހެއްޓިފައި ނުވާކަން ފާހަގަކުރެއްވި އެވެ.

އިއްޒުއްދީން ފާލަން އަލުން ތަރައްގީކޮށް އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ / ފޮޓޯ:ރައީސް އޮފީސް
ސަލްޓަން ޕާކު ބަލަހައްޓަމުން އައީ މާލެ ސިޓީ ކައުންސިލުންނެވެ. އެ ޕާކު ތަރައްގީ ކުރުމުގެ މަސައްކަތާ ސަރުކާރުން މިހާރު ހަވާލުވެފައިވާކަން ހާމަކުރައްވާ ރައީސް ވިދާޅުވި ގޮތުގައި އިއްޒުއްދީން ފާލަމުން ދޭހަކޮށްދޭ މެސެޖު އެ ޕާކު އަލުން ތަރައްގީވެގެންދާއިރު ފެންނާނެ ކަމުގަ އެވެ.
"އަޅުގަނޑުމެން އެ ތަން ތަރައްގީ ކުރާނީ ވެސް ހަމަ ދިވެހިންގެ އައިޑެންޓިޓީ ދައްކުވައިދޭ ގޮތަށް، ރާއްޖޭގެ ތާރީހު އެ ތަނުން މިހާރުގެ ބަވަނަވެފައިވާ މި ދުނިޔޭގެ ޒަމާނީ ޓެކްނޮލޮޖީގެ ބޭނުންކޮށްގެން،" ޕާކު ތަރައްގީ ކުރާނީ ކުޑަކުދިންނާއި ޒުވާނުން ހިތްހަމަ ޖެހޭ އަދި ޝައުގުވެރި ކަމާ އެކު ކަންކަން ދަސްވާނެ ގޮތަށްކަން ފާހަގަކުރައްވާ ވިދާޅުވި އެވެ.
ސަލްޓަން ޕާކު ތަރައްގީ ކުރާނެ ގޮތުގެ ތަސައްވުރަށް އަލިއަޅުއްވާލައްވައި ވިދާޅުވީ ކުޑަކުދިންނާއި އާއިލާތަކުން ހިތްގައިމުކަމާ އެކު ވަގުތު ހޭދަކުރެވޭނެ ގޮތްތަކަށް ބަލައި، "ބޯލިން އެލީ ފަދަ މާލޭގައި މިވަގުތު ނެތް ކުޅިވަރުތަކާއި ތަންތަން ވެސް އިތުރުކުރެވިގެންދާނެ،" ކަމަށެވެ.
ކުރިއަށް އޮތް ހަ މަހެއްހާ ދުވަހުގެ ތެރޭގައި ސަލްޓަން ޕާކު ތަރައްގީ ކުރެވޭއިރު، ސަރުކާރުގެ ވިސްނުމަކީ އެ ސަރަހައްދަކީ މާލޭގައި ދިރިއުޅޭ އާންމުންނަށް ހިތްފަސޭހަ ވަގުތުކޮޅެއް ހޭދަކުރުމަށް ބޭނުން ހިފޭނެ އެންމެ ގިނަ ކަންކަން ހިމެނޭ ބޮޑު ސަރަހައްދަށް ހެދުން ކަމުގައި ރައީސް ވިދާޅުވި އެވެ.
ފްލެޓް ވަގު�