Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އެންމެ ފަހުން ސުއޫދު ފަނޑިޔާރުކަމުން ވަކިވި ކަމަށް ޖޭއެސްސީން ނިންމައިފި

އެންމެ ފަހުން ސުއޫދު ފަނޑިޔާރުކަމުން ވަކިވި ކަމަށް ޖޭއެސްސީން ނިންމައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާާމުން ހުސްނުއްސުއޫދު ވަކިވެފައިވާކަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ރަސްމީކޮށް ހާމަކޮށްފި އެވެ.

ޖޭއެސްސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސަސްޕެންޝަނުގައި ހުންނެވި ސުއޫދު ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދެއްވީ އިއްޔެ އެވެ. އިސްއުފާދެއްވަން ޖޭއެސްސީއަށް ފޮނުވުމުގެ ބަދަލުގައި އެންމެ ފުރަތަމަ ސިޓީ ފޮނުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އެޑްރެސްކޮށް ރައީސް އޮފީހަށެވެ.

އެކަމަކު އިސްތިއުފާގެ ސިޓީ ޖޭއެސްސީއަށް ނުލިބޭތީ ރައީސަށް އެޑްރެސްކޮށް ސުއޫދު ފޮނުވި ސިޓީ ގަބޫލުނުކުރަން ނިންމައި، އޭނާގެ މައްސަލަތަކެއް ބެލުމަށް އިއްޔެ އެ ކޮމިޝަނުން ފާސްކުރި އެވެ.

Advertisement
Ooredoo — Square (box)

އެހެން ނިންމާފައި އޮއްވައި ސުއޫދުގެ ސިޓީ އިއްޔެ ޖޭއެސްސީއަށްވެސް ފޮނުވި އެވެ. އެ ސިޓީ ލިބުނުކަން ހާމަކޮށް އެ ކޮމިޝަނުން މިއަދު ނެރުނު ކުރު ބަޔާނެއްގައި ބުނީ ފަނޑިޔާރުގެ މަގާމުން ސުއޫދު އިސްތިއުފާ ދެއްވާފައިވާތީ، އިއްޔެއިން ފެށިގެން ފަނޑިޔާރުކަމުގެ މަގާމުން ވަކިވެފައިވާ ކަމަށެވެ.

ފަނޑިޔާރުގެ މަގާމުން ސުއޫދު އިސްތިއުފާ ދެއްވައި ޖޭއެސްސީއަށް ފޮނުވި ސިޓީގައި ވިދާޅުވީ މަޖިލިހުގެ މެމްބަރު ކަމަށް އިންތިހާބުވާ ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބެލުމުގެ އިހުތިސާސް އެ ކޯޓަށް ލިބިގެންވާ ކަމަށް ނިންމުމާ ގުޅިގެން ސަރުކާރުން ގާނޫނު އަސާސީ އާ ހިލާފަށް ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމަށް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ.

ގާނޫނު އަސާސީގެ މާއްދާއަކާ ހަވާލާދެއްވާ ސުއޫދު ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަންނަވާ ގޮތަށް ނިންމުމަށް "ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ބިރު ދައްކަމުންދާ" ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

<strong>"އެކަމާ އިހުތިޖާޖްކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މި ހިނދުން ފެށިގެން އަޅުގަނޑު އިސްތިއުފާދީފީމެވެ،"</strong> ސިޓީގައިވެ އެވެ.

ސުއޫދު ތުހުމަތު ކުރެއްވި ގޮތުގައި ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން އުޅެނީ ރައީސް މުއިއްޒުގެ އިތުރުން ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި ޖޭއެސްސީގެ ރައީސް އަދި މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާގެ އިތުރުން އޭސީސީގެ ރައީސް އާދަމް ޝާމިލް ކަމަށެވެ.

ސުއޫދުގެ ތުހުމަތުތަކަށް ރައްދުދެމުން ސަރުކާރު މައި ޕާޓީ، ޕީއެންސީން މިއަދު ބަޔާނެއް ނެރުނެވެ. އެ ބަޔާނުގައި ސުއޫދުގެ ތުހުމަތުތައް ދޮގުކޮށް، ސިފަކުރީ ސުއޫދު އަކީ ސިޔާސީ އެކްޓިވިސްޓެއްގެ ގޮތުގަ އެވެ. ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވާނެ ކަމަށްވެސް އެ ޕާޓީން ބުންޏެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް