Sunday, 1 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ގަސް ކަނޑާތީ މާލެ ސިޓީ ކައުންސިލަށް ދައުވާކުރަން ޖެހޭ: ނަޝީދު

ގަސް ކަނޑާތީ މާލެ ސިޓީ ކައުންސިލަށް ދައުވާކުރަން ޖެހޭ: ނަޝީދު

މާލޭގެ މަގުތަކުގައި ހުންނަ ގަސްތައް ކަނޑާތީ މާލެ ސިޓީ ކައުންސިލަށް ޖިނާއީ ދައުވާކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މާލޭގެ މަގެއްގައި ހުރި ގަސްތަކެއް ކަނޑާފައިވާ ވީޑިއޯ ކްލިޕެއް "އެކްސް" ގައި ހިއްސާކުރައްވާ ނަޝީދު ވިދާޅުވީ މާލޭ މަގުތަކުގައި ހެދިފައި ހުރި ގަސްތައް ސިޓީ ކައުންސިލުން ހިތުހުރި ގޮތަކަށް ކަނޑާ ކެނޑުމަކީ ގާނޫނާ ހިލާފަށްކުރާ ކަމެއް ކަމަށެވެ.

<strong>"މިކަމުގައި އެ ކައުންސިލުގެ މައްޗަށް ޖިނާއި ދައުވާ އުފުލަން ޖެހޭ ކަމަށް އަޅުގަނޑު ދެކެން''</strong> ނަޝީދުގެ ޕޯސްޓުގައި ވިދާޅުވި އެވެ.

Advertisement
HDC — Sidebar (box)

ހިޔާލިބޭހެން ހުންނަ ގަސްތައް ސިޓީ ކައުންސިލުން ކޮށާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އަބަދުވެސް މީހުންގެ ކަންބޮޑުވުން އޮވެ އެވެ.

ސިޓީ ކައުންސިލުން މީގެ ކުރިން ބުނެފައިވާ ގޮތުން މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގަސްތަކުގެ ގޮފިތައް އެލި، ބައެއް އިމާރާތްތަކަށް ގެއްލުންވަމުންދާ ކަމަށެވެ. އެގޮތަށް ހުންނަ ގޮފިތަކުގެ ސަބަބުން، ވައްކަން ކުރާ މީހުންނަށް ގެތަކަށް ވަންނަން މަގުފަހިވާ ކަމަށްވެސް ކައުންސިލުން ބުންޏެވެ.

އެހެންވެ މީދާ ފަދަ ތަކެތި ގޭގެއަށް ވަންނަ ކަމަށް ބުނެ، ރައްޔިތުންގެ ޝަކުވާތައް ކައުންސިލަށް ލިބެމުންދެ އެވެ.

<strong>"އަދި މީގެ އިތުރުން ބައެއް މަގުތަކުގައި ހުންނަ ގަސްތަކުގެ ގޮފިތައް އެލި، އެ ގަސްތަކުގެ ގޮފިތަކުގެ ސަބަބުން ދުއްވާ ތަކެއްޗަށާއި، ފަޔާ ލޮރީ އަދި އެމްބިއުލާންސަށް އެ މަގުތަކަށް ވަނުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށް ވެސް ބުނެފައިވެއެވެ"</strong> ލިބެމުންދާ ޝަކުވާތައް ތަފްސީލު ކުރަމުން ކައުންސިލުން ބުންޏެވެ.

ކައުންސިލުން ބުނީ ލިބޭ ޝަކުވާއާ ގުޅިގެން ކޮށަންޖެހިފައި ހުރި ގަސްތައް ކޮށައި ސާފުކުރުމުގެ މަސައްކަތް، ރައްޔިތުންނަށް އުނދަގޫނުވާނެހެން އިންތިޒާމްކޮށްގެން އެކި ވަގުތުތަކުގައި ކައުންސިލުން ކުރަމުންދާ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް