އެޑްވަޓޯރިއަލް ވިޔަފާރި

ހުޅުލެ އައިލެންޑް ހޮޓެލްގައި ރޯދަ ވީއްލައިގެން ބޮޑެތި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އެޗްއައިއެޗް--

ހުޅުލެ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) ގެ ފަރު ކޮފީ ހައުސް އާއި އުޑުވިލާ ރެސްޓޯރެންޓުގައި ރޯދަ ވީއްލައިގެން ބޮޑެތި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

Ads by MPL

މި ޕްރޮމޯޝަނުގެ ދަށުން ރޯދަ ވީއްލާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެން ހޮވޭ ފަރާތްތަކަށް ފަސް އިނާމެެއް ލިބޭނެ ކަމަށް އެޗްއައިއެޗުން ބުންޏެވެ.

  • އެއް ވަނަ އިނާމް: މަޑިފުށީ ޕްރައިވެޓް އައިލެންޑްގައި ދެ މީހަކަށް ދެ ރޭ ހުރުމުގެ ފުރުސަތު (ހާފް ބޯޑުގައި)
  • ދެ ވަނަ އިނާމް: ދުބާއީ ދެކޮޅު ޓިކެޓް
  • ތިން ވަނަ އިނާމް: އެޗްއައިއެޗްގައި ދެ ރޭ ހުރުމުގެ ފުރުސަތު (ހާފް ބޯޑުގައި)
  • ހަތަރު ވަނަ އިނާމް: އެޗްއައިއެޗްގައި ހަތަރު މީހަކަށް ޕޫލް ސައިޑް ލަންޗް ޕެޖޭކެއް
  • ފަސް ވަނަ އިނާމް: އެޗްއައިއެޗްގައި ދެ މީހަކަށް ޕޫލް ސައިޑް ލަންޗް ޕެޖޭކެއް

ފަރު ކޮފީ ހައުސްގެ ރޯދަ ވީއްލުމުގައި އޭޝިއަން އަދި އިންޓަނޭޝަލްގެ ރަހަތައް ހިމެނޭއިރު، އަގުތައް ފެށެނީ 299 ރުފިޔާއިންނެވެ.

އުޑުވިލާ ރެސްޓޯރެންޓުގެ ރޯދަ ވީއްލުމުގައި ބޮޑަށް ހިމެނެނީ އަރަބި އަދި އިންޓަނޭޝަނަލްގެ ރަހަތަކެވެ. އަގު ފެށެނީ 449 ރުފިޔާއިންނެވެ.

އުޑުވިލާ ރެސްޓޯރެންޓުން 5 އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނަށް 50 ޕަސެންޓް ޑިސްކައުންޓް ލިބޭއިރު، ދެ އައުޓްލެޓުން ވެސް 5 އަހަރުން ދަށުގެ ކުދިންނަށް ޗާޖެއް ނުކުރާނެ އެވެ.

ރޯދަ ވީއްލުމުގެ އިތުރުން ފަރު ކޮފީ ހައުސްއިން ރޭގަނޑު 07:30 އިން 09:30 އަށް ހާއްސަ ތަރާވީހެއް ލިބޭނެ އެވެ. އެއީ 299 ރުފިޔާ އަށެވެ.

ރޯދަ ވީއްލަންދާ ފަރާތްތަކަށް ނަމާދުކުރަން ވަކި ހާއްސަ އޭރިއާއެއް ގާއިމުކޮށްފައިވާ ކަމަށް ވެސް އެޗްއައިއެޗުން ބުންޏެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!