އެޑްވަޓޯރިއަލް ވިޔަފާރި

ވަރަށް ލޯބި، އެންމެނަށް ވެސް ރިލޭޓްކުރެވޭ – އުރީދޫގެ ރޯދަ ކެމްޕެއިން "ރޯދައިގެ ނޫރު"

. ، ދެން އޮންލައިން
އުރީދޫގެ "ރޯދައިގެ ނޫރު" ކެމްޕެއިނުން ދައްކުވައިދެނީ ނޫރު ނަމަކަށް ކިޔާ އަންހެން ކުއްޖަކު އަލަށް ރޯދަ މަހުގެ ފުރަތަމަ ފުރިހަމަ މަސް ތަޖުރިބާކުރާ ދަތުރު

މި ރޯދަ މަހު އުރީދޫ މޯލްޑިވްސްގެ އިސްތިހާރުތަކުންނާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ކުޑަ އަންހެން ކުއްޖެއްގެ ލޮލުން ރޯދަ މަހުގެ އެކި ކަންތައްތައް ދަނީ ފެންނަމުންނެވެ. މިއީ އުރީދޫ މޯލްޑިވްސްގެ ހާއްސަ ކެމްޕެއިން "ރޯދައިގެ ނޫރު" އެވެ.

"ރޯދައިގެ ނޫރު" މި ކެމްޕެއިނުން ދައްކުވައިދެނީ "ނޫރު" ނަމަކަށް ކިޔާ ކުޑަ އަންހެން ކުއްޖަކު އަލަށް ރޯދަ މަހުގެ ފުރަތަމަ ފުރިހަމަ މަސް ތަޖުރިބާކުރާ ދަތުރެވެ. ރޯދަ މަހު ނޫރުގެ ބައްޕަ ހަދިޔާކުރާ "ރޯދައިގެ ނޫރު" ފޮތުގެ ޒަރީއާއިން، އިސްލާމީ އިބުރަތްތެރި ފިލާވަޅުތަކާއި ރޯދަ މަހުގެ ރިވެތި އަހުލާގުތަކުން ފުރިގެންވާ ކަންކަން ނޫރަށް ދަސްވެގެންދެ އެވެ. މި ފޮތުގެ ސަފްހާތަކުން ކެތްތެރިކަމާއި އޯގާތެރިކަމާއި ޝުކުރުވެރިކަމާއި ރޯދަ މަހުގެ މާތްކަން ނޫރު ދަސްކުރަމުންދާތަން ފެނިގެންދެ އެވެ.

މި ހިތްގައިމު ކެމްޕެއިން މެދުވެރިކޮށް އުރީދޫ މޯލްޑިވްސްއިން މަސައްކަތް ކުރަނީ ރޯދަ މަހު ޖީލުތަކުގެ މެދުގައި ހިއްސާކުރެވިފައިވާ އާދަކާދަތަކަށް އަލިއަޅުވާލުމަށެވެ. މި ކެމްޕެއިންގެ ސަބަބުން ރޯދަ މަހުގެ އަސްލު ހުރިހާ އުމުރުފުރައަކަށް ވެސް ރިލޭޓެބަލް އަދި އުފާވެރި މަޖާގޮތަކަށް ހަނދާންވެގެން ދާނެ ކަމަށް އުއްމީދު ކުރެވެ އެވެ.

ރޯދަ މަހަކީ ދީލަތިކަމާއި އެއްބައިވަންތަކަމުގެ ދުވަސްވަރެކެވެ. "ރޯދައިގެ ނޫރު" އާއެކު، މި ބަރަކާތްތެރި މައްސަރުގެ ރޫހު ހިފަހައްޓައި، އޭގެ އަސާސްތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދީ، ލޯބިވާ މީހުންނާ އެކު މާނަހުރި ވަގުތުތަކެއް އުފެއްދުމަށް އާއިލާތަކަށް ހިތްވަރު ލިބިގެންދާނެ ކަމަށް އުއްމީދު ކުރެވެ އެވެ.

އުރީދޫ މޯލްޑިވްސްއިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މުޖުތަމައުތައް ގުޅާލައި، މާނަފުން މެސެޖުތަކެއް އެކުލެވޭ ކެމްޕެއިންތަކެއް ގެނެސްދިނުމަށެވެ. މި ރޯދަ މަހު އުރީދޫން ދައުވަތު ދެނީ "ނޫރު" އާއެކު ރޯދަ މަސް ތަޖުރިބާ ކުރުމަށެވެ.

Ads by Allied Insurance