Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މާލޭގެ ސަރުކާރު ހޮސްޕިޓަލުތަކުގައި ބަލި މީހުންނަށް ޒިޔާރަތްކުރެވޭ ވަގުތު އިތުރުކުރަނީ

މާލޭގެ ސަރުކާރު ހޮސްޕިޓަލުތަކުގައި ބަލި މީހުންނަށް ޒިޔާރަތްކުރެވޭ ވަގުތު އިތުރުކުރަނީ

ރޯދަ މަހާ ގުޅިގެން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާ ބަލި މީހުންނަށް ޒިޔާރަތްކުރެވޭ ވަގުތު އިތުރުކުރަން މިއަދު ނިންމައިފި އެވެ.

މާލެ ހޮސްޕިޓަލްސް ގްރޫޕްގެ ދަށުން ހިންގާ އައިޖީއެމްއެޗް، ދަރުމަަންވަތަ ހޮސްޕިޓަލު، ވިލިމާލެ ހޮސްޕިޓަލް އަދި ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު އެޑްމިޓްކޮށްފައި ތިބޭ ބަލިމީހުންނަށް ޒިޔާރަތްކުރެވެނީ ހަވީރު ފަހަކުން ރޭގަނޑު އަށަކަށެވެ.

https://twitter.com/22halex/status/1898723545179365735

Advertisement
Ooredoo — Truecaller (box)

ނަމަވެސް މާލެ ހޮސްޕިޓަލްސް ގްރޫޕްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް މިއަދު އެކްސްގައި ވިދާޅުވީ އެޑްމިޓްކޮށްގެން ފަރުވާދޭ ބަލިމީހުންނަށް ރޯދަމަހު ޒިޔާރަތްކުރާ ވަގުތު ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 10:30 އަށް އިތުރު ކުރުމަށް ނިންމައިފައިވާ ކަމަށެވެ.

ނަމަވެސް އެ ނިންމުމަށް އަމަލުކުރަން ފަށާނީ ކޮން އިރަކުން ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް