Sunday, 1 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ވެމްކޯގެ ދިއްދޫ އޮފީހުން އިދާރީ ހިދުމަތްތައް އަންނަ މަހު ލިބޭނެ

ވެމްކޯގެ ދިއްދޫ އޮފީހުން އިދާރީ ހިދުމަތްތައް އަންނަ މަހު ލިބޭނެ
އަންނަ މަހު ވެމްކޯގެ ދިއްދޫ އޮފީހުން އިދާރީ ހިދުމަތްތައް ލިބޭނެ ކަމަށް ވެމްކޯއިން ބުނެފި އެވެ. ރޯދައިގެ ކުރިން ވެމްކޯއިން ދިއްދޫގައި ކުނި ނަގަން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އޮތީ ވިދާޅުވެފަ އެވެ. އެހެން ނަމަވެސް އަދިވެސް ވެމްކޯގެ ހިދުމަތް އެ ރަށުގައި އޮތީ ނުފެށި އެވެ. އެ ކަން ރާއްޖޭގެ ނޫހަކުން ވެސް ފާހަގަކޮށްފައިވާތީ ވެމްކޯއިން މިއަދު ނެރުނު ބަޔާނުގައި ބުނީ ދިއްދޫގައި ހިދުމަތް ފެށުމަށްޓަކައި އެންމެ ފަހުގެ ތައްޔާރީތައް އޮތީ ނިމިފައި ކަމަށެވެ. އަދި ރޯދަ މަހަށް ކުނި ގެނުމުގެ މަސައްކަތް ނުފެށި ލަސްވީ ބައެއް ކަހަލަ އާލާތްތައް ނުލިބުމުން ކަމަށް ބުންޏެވެ. އެހެން ނަމަވެސް އަންނަ މަހު ވެމްކޯގެ އިދާރީ އޮފީހުގެ ހިދުމަތް ދިއްދޫގެ ރައްޔިތުންނަށް ލިބޭނެ ކަމަށާއި އޭރުން ކުނި މެނޭޖްކުރުމާ ގުޅޭ އެންމެހައި އިދާރީ ހިދުމަތްތައް ދިއްދޫގެ ރައްޔިތުންނަށް ފޯރުކޮށްދެވިގެންދާނެ ކަމަށް ވެމްކޯއިން ބުންޏެވެ. "މީގެ ތެރޭގައި ކުނި އުކާލުމުގެ ހިދުމަތަށް ރަޖިސްޓަރީވުމާއ،ި ބިލްކުރުމުގެ ހިދުމަތްތަކާއި ގުޅޭ ކަންކަން ހިމެނެއެވެ" ވެމްކޯއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ. ވެމްކޯއިން ބުނިގޮތުގައި ދިއްދޫގެ ކުނިކޮށީގެ ފެންސު އެޅުމުގެ މަސައްކަތް ދިއްދޫ ކައުންސިލްގެ ބެލުމުގެ ދަށުން ނިމުނުހާ އަވަހަކަށް ހިދުމަތް ދޭން ފެށޭނެ އެެވެ. "މި މަސައްކަތަކީ ކުނި މެނޭޖްކުރުމުގެ ހިދުމަތް ފެށުމުގެ ކުރިން ނިންމަންޖެހޭ އެންމެ މުހިންމު އެއް މަސައްކަތެވެ. މި މަސައްކަތް ނިމުމުނ،ް ތިމާވެށްޓާ ރައްޓެހި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ފެށިގެންދާނެ އެވެ." ވެމްކޯއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ. ވެމްކޯއިން އިތުރަށް ބުނީ ދިއްދޫގައި ހިދުމަތް ފެށުމަށްޓަކައި ބޭނުންވާ އެންމެހައި މެޝިނަރީތަކާއި އާލާތްތައް ދިއްދޫއަށް ފޯރުކޮށްދޭނެ ކަމަށެވެ.. އޭގެ ތެރޭގައި
  • ކުނި އުފުލުމަށް ބޭނުންކުރާ ކޮމްޕެކްޓަރުތައް
  • ކުނި ނެގުމަށް ބޭނުންކުރާ ޚާއްޞަ އުޅަނދުތައް
  • ކުނި މެނޭޖްކުރުމަށް ބޭނުންވާ އެހެނިހެން މެޝިނަރީތައް

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް