Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
މުނިފޫހިފިލުވުން

އައްޒަގެ ފުރަތަމަ ގިވްއަވޭ: ހަދިޔާ ކުރަނީ އެންމެފަހުގެ އައިފޯނެއް

އައްޒަގެ ފުރަތަމަ ގިވްއަވޭ: ހަދިޔާ ކުރަނީ އެންމެފަހުގެ އައިފޯނެއް

ރާއްޖޭގެ ފިލްމު އިންޑަސްޓްރީގައި މިހާރު ހަރަކާތްތެރިވާ ފަންނާނުންގެ ތެރެއިން، ކުޅަދާނަ އެކްޓްރެސް މަރިޔަމް އައްޒަގެ ނަމަކީ އެންމެ މަޝްހޫރު އެކްޓަރުންގެ ތެރޭގައި ގުނައިލެވޭ ނަމެކެވެ.

ބޮޑު ފޭން ބޭސްއެއް އޮންނަ އައްޒަ ފާހަގަ ކޮށްލެވެނީ އޭނާގެ ފޭނުންނާ ވެސް ގާތް ގުޅުމެއް ބާއްވާ ފަންނާނެއްގެ ގޮތުގައެވެ.

އޭގެ އެއް ހެއްކެއްގެ ގޮތުން ދާދި ފަހުން އައްޒަ މި ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓުން 100،000އަށް ވުރެ ގިނަ ފޮލޯވަރުން ހަމަކޮށްފައެވެ.

Advertisement
Allied Insurance — Square (box)

އާންމު ދިރިއުޅުމުގެ ވެސް ވަރަށް ގިނަ ކަންކަން ފޭނުންނާ ހިއްސާ ކުރަމުން އަންނަ އައްޒަ ވަނީ، އިންސްޓަގްރާމުން 100،000އަށް ވުރެ ގިނަ ފޮލޯވަރުން ހަމަކުރެވުމުގެ އުފަލުގައި، ގިވްއަވޭއެއް ދޭން ނިންމައިފައެވެ.

މި ގިވްއަވޭއާ ބެހޭގޮތުން "ދެން" އަށް މައުލޫމާތު ދެމުން އައްޒަ ބުނީ، މިއީ އޭނާގެ ފޭނުންނަށް ޓަކައި ޚާއްސަ ކޮށްގެން ކުރިއަށް ގެންދާ ގިވްއަވޭއެއް ކަމަށެވެ.

"ފޭނުންގެ ސަބަބުން މިހާ ހިސާބަށް މި އާދެވުނީ. އެމީހުންގެ ސަބަބުން މިލަނޑުދަނޑި ހާސިލު ކުރެވުނީ" އައްޒަ ބުންޏެވެ.

މިމަހުގެ 3އިން ފެށިގެން 10އާ ހަމައަށް ކުރިއަށްދާ އެ ގިވްއަވޭގައި ބައިވެރިވުމަށް ޓަކައި އައްޒަގެ އިންސްޓަގްރާމް އައިޑީ ފޮލޯކޮށް، ގިވްއަވޭގެ މައުލޫމާތު ހިމެނޭ ޕޯސްޓަށް ލައިކްއެއް ދިނުމަށް ފަހު ޖެހެނީ ކޮމެންޓު ބައިގައި ތިން ރަށްޓެއްސަކު ޓެގް ކުރާށެވެ. އެއަށް ފަހު އެ ޕޯސްޓު އެމީހެއްގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާ ކުރުމަށާއި ހިއްސާ ކުރާނީ އައްޒަ ޓެގް ކޮށްފައި ކަމަށް އޭނާ ބުންޏެވެ. ޕްރައިވެޓް އެކައުންޓުތަކުން ޕޯސްޓުގެ ސްކްރީންޝޮޓެއް އައްޒައަށް ވަކިން ފޮނުވުމަށް ވެސް އައްޒަ ބުންޏެވެ.

ގިވްއަވޭގެ ނަސީބުވެރިއަކު ހޮވުން އޮތީ މިމަހުގެ 11ވަނަ ދުވަހުގައެވެ.

"ދެން"އަށް މައުލޫމާތު ދެމުން އައްޒަ ބުނީ، ނަސީބުވެރިއަކު ހޮވާނީ ވަރަށް ވެސް ދެފުށްފެންނަ ގޮތަކަކަށް ކަމަށާއި މީގެ ފަހުން ދެން އިތުރު ގިވްއަވޭތައް އޭނަގެ ފަރާތުން އޮންނާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް