ޚަބަރު

އޮސްޓްރޭލިއާއާ ގުޅިގެން މުރަކަ ވިއްސައި އާލާކުރުމުގެ މަޝްރޫއެއް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މުރަކަ ވިއްސާ އާލާކުރުމުގެ މަޝްރޫއު ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--

މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓާއި (އެމްއެމްއާރުއައި) އޮސްޓްރޭލިއަން އިންސްޓިޓިއުޓް ފޮރ މެރިން ސައިންސް (އެއިމްސް) އަދި ކޮމަންވެލްތް ސައިންޓިފިކް އެންޑް އިންޑަސްޓްރިއަލް ރިސާރޗް އޯގަނައިޒޭޝަން (ސީއެސްއައިރޯ) އާއި ގުޅިގެން މުރަކަ ވިއްސާ އަލާކުރުމުގެ މަޝްރޫއެއް މިއަދު އިފްތިތާހުކޮށްފި އެވެ.

Ads by STELCO

މިއީ ކޮރަލް ރިސާރޗް އެންޑް ޑިވެލޮޕްމަންޓް އެކްސެލެރޭޓަރ ޕްރޮގްރާމް (ކޯޑެޕް)ގެ އެހީގައި ތިން އަހަރު ދުވަހަށް ހިންގާ މަޝްރޫއެކެވެ.

ކ. މަނިޔަފުށީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ މަޝްރޫއު އިފްތިތާހުކޮށްދެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެވެ.

"ރީފްސީޑް ސިސްޓަމް"ގެ ނަމުގައި މިއަދު އިފްތިތާހުކުރި މަޝްރޫއުގެ ދަށުން  މުރަކައިގެ ބިސް އަދި ލާވޭ ބޭނުންކޮށްގެން މުރަކަ އާލާކުރުމުގެ ހާއްސަ އެކުއަކަލްޗާ ކޮންޓެއިނާ ސިސްޓަމެއް އޮސްޓްރޭލިޔާގައި ތައްޔާރުކޮށް، އެ ސިސްޓަމް މިހާރު ވަނީ ކ.މަނިޔަފުށީގައި ހިންގާ މެރިކަލްޗަރ ރިސާރޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައި ވަނީ ބަހައްޓައިފަ އެވެ.

މިސިސްޓަމްގައި މުރަކައިގެ ބިސް، އެކުއަކަލްޗާ  ފަންނުތައް ބޭނުންކޮށްގެން

  • ލާވޭގެ ސްޓޭޖުން ފަރުތަކުގައި އަށަގަންނަ މިންވަރަށް ބޮޑުކޮށް އަދި ކަނޑައެޅޭ ފަރުތަކަށް ބަދަލުކުރާނެ.
  • އެ ޓެކްނޮލޮޖީގެ ޒަރިއްޔާއިން ފުޅާ ދާއިރާއެއްގައި ފަރުތައް އިޔާދަކުރުމުގެ ފުރުސަތު އޮތް މިންވަރު ދެނެގަތުމުގެ ދިރާސާ މަސައްކަތްތައް ކުރާނެ.

ރީފްސީޑް ޕްރޮޖެކްޓްގެ އަމަލީ މަސައްކަތްތައް ރާއްޖޭގައި ފެށުމުގެ ކުރިން މިދިޔަ އަހަރު އެމްއެމްއާރްއައިގެ މުވައްޒަފުން ވަނީ  އޮސްޓްރޭލިއާގެ އެއިމްސްގެ ފެސިލީޓީގައި މުރަކަ ވިއްސާ އާލާކުރުމާއި ފަރުތައް އިޔާދަކުރުމުގެ ފަންނުތަށް އުނގެނި ރީފްސީޑް ސިސްޓަމް ބޭނުންކުރުމަށް ތަމްރީނުދެވިފަ އެވެ.

Ads by Allied Insurance