ޚަބަރު

ތައިލެންޑަށް ދަތުރުކުރާއިރު ޑިިޖިޓަލް އެރައިވަލް ކާޑު ފުރިހަމަކުރަން ޖެހޭ ގޮތް ހަދައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ތައިލެންޑު އެއާޕޯޓުގެ އިމިގްރޭޝަންގެ ކައުންޓަރެއް/ ފޮޓޯ: ރޮައިޓާސް

ތައިލެންޑަށް ދަތުރުކުރާ ކޮންމެ ޕެސެންޖަރަކު އެ ގައުމަށް އެތެރެވުމުގެ ކުރިން "ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު" ފުރިހަމަކުރަންޖެހޭ ގޮތަށް ތައިލެންޑް އިމިގްރޭޝަނުން ހަމަޖައްސައިފި އެވެ.

Ads by MPL

ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ބުނީ ތައިލެންޑްގެ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލުތަކަކާ ގުޅިގެން މޭ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ އޮންލައިން ފޯމް ފުރުމަށް ހަމަޖެހިފައިވަނީ ލިންކެއް މެދުވެރިކޮށް ދަތުރަށް ފެށުމުގެ 3 ދުވަހުގެ ތެރޭގައި ކަމަށެވެ.

މިނިސްޓްރީން ބުނީ އޭގެ ސަބަބުން، ރާއްޖެއާއި ތައިލެންޑްއާ ދެމެދު ހަމަޖެހިފައިވާ ވިސާގެ އެއްވެސް އިންތިޒާމަކަށް ނުވަތަ ސިޔާސަތަކަށް ބަދަލެއް އައިސްފައިނުވާ ކަމަށެވެ.

އަދި، ކުރިއެކޭ އެއްގޮތަށް ދިވެހިންނަށް މިހާރުވެސް 90 ދުވަހުގެ "އެންޓްރީ ވިސާ" ގައި ތައިލެންޑަށް ދަތުރު ކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެހެންކަމުން ތައިލެންޑަށް ދަތުރުކުރާ ފަރާތްތަކުން، ރާއްޖެއިން ފުރުމުގެ ކުރިން ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު އޮންލައިންކޮށް ފުރުމަށް އިލްތިމާސް ކޮށްފައިވެ އެވެ.

އަދި ރާއްޖެއިން ބޭރުގައި އުޅޭއިރު އެގައުމެއްގެ ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށްވެސް މިނިސްޓްރީން އެދުނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!