ޣައްޒާގެ ދިފާއުގައި ލާމު އަތޮޅުގައި ވެހިކަލް ބުރެއް ބާއްވަނީ

ޣައްޒާގެ ދިފާއުގައި ލާމު އަތޮޅުގައި ވެހިކަލް ބުރެއް ބާއްވަން ނިންމައިފި އެވެ.
"މުޅި ލާމު ޣައްޒާއާ އެކު" ކުރިއަށް ގެންދާ އެ ހަރަކާތަކީ ޣައްޒާއާ އެކު ލ.އަތޮޅުގެ ރައްޔިތުން ތިބިކަން ދައްކާލުމަށް، ލ.ގަން އަދި ފޮނަދޫ ކައުންސިލާާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ އަދި މަދަނީ ޖަމިއްޔާތައް ގުޅިގެން ބާއްވާ ހާއްސަ ހަރަކާތެކެވެ
މި ވެހިކަލް ބުރު އޮންނާނީ އަންނަ ހުކުރު ދުވަހުގެ ހަވީރު، ލާމު ލިންކު ރޯޑުގައެވެ.
މި ސައިކަލު ބުރުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް ލ.ގަން އަދި ފޮނަދޫ ކައުންސިލާ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ އަދި މަދަނީ ޖަމްޢިއްޔާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ޣައްޒާގެ ރައްޔިތުންނާއެކު ތިބިކަން އަންގައިދިނުމަށް މިދިޔަ ހުކުރު ދުވަހު މާލޭގައި ވެސް ވެހިކަލެއް ބުރެއް ބޭއްވި އިރު ގިނަ ބަޔަކު އެ ހަރަކާތުގައި ބައިވެރިވި އެވެ.
އިސްރާއިލުން ހުއްޓުމެއް ނެތި ޣައްޒާއަށް ހަމަލާ ދެމުންދާތާ މިހާރު ދެ އަހަރުވާން ވަނީ ކައިރިވެފަ އެވެ.
އަދި ތަނެއް ދޮރެއް ނުބަލައި ޣައްޒާއިން ވަނީ 50،000އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފަ އެވެ.
