ޚަބަރު

ފީނަން ގޮސް އުޅުނު މީހަކަށް މިޔަރެއް ހަމަލާދީފި

. ، ދެން އޮންލައިން
ފީނަން ގޮސް އުޅުނު މީހަކަށް މިޔަރެއް ވަނީ ހަމަލާދީފައި/ ފޮޓޯ: އެކްސިޑެންޓްސް އިން މޯލްޑިވްސް/އެކްސް

ހދ. ކުޅުދުއްފުށީގައި ފީނަން ގޮސް އުޅުނު މީހަކަށް މިޔަރެއް ހަމަލާދީފި އެވެ.

Ads by STELCO

ކުޅުދުއްފުށީ ކައުންސިލުގެ މެންބަރަކު "ދެން" އަށް މިއަދު ވިދާޅުވީ މިޔަރުގެ ޝިކާރައަކަށްވީ އިތުރު ބަޔަކާއެކު ސްނޯކްލިން އަށް ގޮސް އުޅުނު 29 އަހަރުގެ ޒުވާން ފިރިހެނަކަށް ކަމަށެވެ. މިޔަރުގެ ހަމަލާ އަމާޒުވީ އެ މީހާގެ ކާނަތުގެ ކޮނޑަށެވެ.

އެކަން ހިނގި ސީދާ ގަަޑިއެއް އެނގިފައި ނެތް ނަމަވެސް ކުޅުދުއްފުށީ ހޮސްޕިޓަލަށް އޭނާ ގެންގޮސްފައި ވަނީ މިއަދު ހެނދުނު 7 ޖެހިހާއިރު އެވެ.

އެ ޒުވާނާ އަށް މިހާރު ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު ހާލު ސްޓޭބަލް އެވެ. އެކަމަކު އިތުރު ފަރުވާއަށް މާލެ ގެންދިޔުން އެކަށީގެންވާ ކަމަށް ކައުންސިލަރު ވިދާޅުވި އެވެ.

''ކޮނޑުހުޅު ނެއްޓިފައި ހުރީ، މިހާރު ކޮނޑުހޮޅު އަޅުވާފައި، ލޭމަނާކުރެވިފައި" އޭނާ ބުންޏެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ފޯނަށް ޖަވާބުނުދޭތީ އިތުރު ތަފްސީލު ލިބޭގޮތް ވަނީ ނުވެފަ އެވެ.

Ads by HDC