އިމާމު ސަލާހުލް ފަތުވާދޭ މަޖިލީހާ ބައްދަލުކުރައްވައިފި

މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިހް ޑރ. ސަލާހުލް ބުދައިރު، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި މިއަދު ބައްދަލު ކުރައްވައިފި އެވެ.
އެ ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު އިސްލާމިކް މިނިސްޓްރީގަ އެވެ.
މި ބައްދަލުކުރެއްވުމުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ޑރ. މުހައްމަދު ރަޝީދު އިބްރާހިމްއާއި ފަތުވާ މަޖިލީހުގެ ނައިބު ރައީސް ޑރ. އަބްދުލް ސައްތާރު އަބްދުލް ރަޙްމާނުގެ އިތުރުން އެ މަޖިލީހުގެ މެމްބަރުން ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.
މީގެ އިތުރުން އެ ބައްދަލުކުރެއްވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ޢއަލީ ސައީދާއި އިސްލާމީ މަރުކަޒުގެ އިސް އިމާމު ޝައިހު މުހައްމަދު ލަތީފް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ސަލާހުލް ބުދައިރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.މި ދަތުރުފުޅުގެ އެންމެހާ ކަންތައްތަކެއް ކުރިއަށް ދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅާއި އިރުޝާދުގެ ދަށުންނެވެ.
