ޚަބަރު

އިމާރާތުން ވެއްޓުނު ޒުވާނާ އާއެކު އުޅުނު މީހުންގެ ވަނަވަރު އާންމުކޮށް، ގުޅުންހުރި ތަންތަން ފާސްކުރަނީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން: ވިދާޅުވީ މައްސަލަ އާ ގުޅުންހުރި އަށް މީހަކު ދެނެގަނެވިފައިވާ ކަމަށް

މާލޭގެ ހެންވޭރުގައި ހުންނަ ގެއަކުން ގުދަނެއްގެ ފުރާޅު މައްޗަށް ޒުވާން އަންހެނަކު ވެއްޓުނު މައްސަލަ އާ ގުޅިގެން އޭނާ އާއެކު އެ ރޭ އުޅުނު ކަމަށް ބެލެވޭ މީހުން ދެނެގަނެ، އެ މީހުންނާ ގުޅުންހުރި ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ފަށައިފި އެވެ.

Ads by STELCO

ހެންވޭރުގައި ހުންނަ ގުދަނެއްގެ ފުރާޅު މައްޗަށް 21 އަހަރުގެ އަންހެނަކު ވެއްޓިފައި އޮތްވާ ފެނިފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނު އެވެ. އޭނާގެ ހާލު ދެރަވެގެން ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށް ފަހު، މިހާރު ވަނީ ވެންޓިލޭޓަރުން ނަގާފަ އެވެ.

އިމާރާތުން ޒުވާނާ ވެއްޓުނު ގޮތާއި މައްސަލައިގައި ފުލުހުން އަމަލުކުރަމުން ގެންދާ ގޮތާ މެދު ސުވާލު އުފައްދައި ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތަކުގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. ކަމާ ގުޅިގެން ކުރެވޭ ތުހުމަތުތަކާ އެކު ޒުވާނާއަށް އިންސާފު ނުލިބޭ ކަމަށް ބުނެ ޒުވާނުންނާއި އާންމުންގެ ގިނަ ބަޔަކު މަޖީދީ މަގުގައި ހުންނަ ފުލުހުންގެ ސާޖެންޓް އާދަމް ހަލީމް ބިލްޑިން ކުރިމަތީގައި ރޭ ވަނީ އިހުތިޖާޖުކޮށްފަ އެވެ.

މައްސަލައިގެ ތަހުގީގުގެ މައުލޫމާތު ދިނުމަށް އިސްކަންދަރު ބިލްޑިންގައި ކުރިއަށްދާ ޕްރެސް ކޮންފަރެސްގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ ޒުވާނާ ވެއްޓުނު އިމާރާތުގައި އޭނާ އާއެކު އުޅުނު ރައުދު އަހްމަދު ޒިލާލުގެ އިތުރުން މައްސަލަ އާ ގުޅުންހުރި ހަތް މީހަކު ދެނެގަނެވިފައިވާ ކަމަށެވެ.

ޕްރެސްގައި ފުލުހުން ވަނީ އެ މީހުންގެ ވަނަވަރު އާންމުކޮށްފަ އެވެ. އެއީ:

  • ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް (21އ)
  • ގ. ނޯތު ބްރީޒް، އައިޝަތު ލަޔާލީ އިގްބާލް (22އ)
  • މއ. މާންދޫގޭދެކުނުގެ، އިޒުދިޔާން މުހައްމަދު މައުމޫން (28އ)
  • މއ. މާންދޫގޭދެކުނުގެ، ޔޫސުފް އަހްމަދު އަކްރަމް (22އ)
  • ހ. މީނާޒް، ޔޫސުފް ޣައްސާން އަބްދުލްޣަފޫރު (28އ)
  • މ. ތިލަފަޅު، އާމިނަތު ޖުނައިނާ ޖަމްޝީދު (24އ)
  • ނ. ވެލިދޫ، އަލި، ހުސައިން ހަމީސް އަލީ (28އ)
  • ގދ. ފަރެސްމާތޮޑާ، މާތޮޑާ އަވަށް، އޭޕްރީލް، އިޖާޒް ޖާއިޒް (24އ)

އެ މީހުންގެ ޕާސްޕޯޓު ހިފަހައްޓައި ގުޅުންހުރި ތަންތަން ބަލައިފާސްކުރުމުގެ މަސައްކަތް ހިނގަމުންދާ ކަމަށް ނަވީން ވިދާޅުވި އެވެ.

Ads by Ooredoo