އެޑްވަޓޯރިއަލް ވިޔަފާރި

އުރީދޫ ނޭޝަން އާއި ޑްރެގަން ޒޯންގެ ޖީޓީ7 ލެޖެންޑްސް ސާކިޓްގެ ސީޒަން 1 ނިންމާލައިފި

. ، ދެން އޮންލައިން
ގްރޭންޑް ޓިއުރިސްމޯ 7 ގެ ލެޖެންޑްސް ސާކިޓްގެ ސީޒަން އެކެއްގެ އެންމެ މޮޅު 3 ކުޅުންތެރިން ވަނީ ގްރޭންޑް ފިނާލޭއަށް ކޮލިފައިވެފައި / ފޮޓޯ:އުރީދޫ

އުރީދޫ ނޭޝަން އާއި ޑްރެގަން ޒޯން ގުޅިގެން ރާއްޖޭގެ އެންމެ މޮޅު ބައެއް ސިމް ރޭސަރުން އެއްތަނަކަށް ގެނެސް، ކުރިއަށް ގެންދިޔަ ގްރޭންޑް ޓިއުރިސްމޯ 7 ގެ ލެޖެންޑްސް ސާކިޓްގެ ސީޒަން އެކެއް ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.

Ads by MPL

އުރީދޫން ބުނީ 5،000 ރުފިޔާގެ ޕްރައިޒް ޕޫލަކާ އެކު ކުރިއަށް ދިޔަ އެ ޓޯނަމެންޓުގައި 15 ކުޅުންތެރިން ބައިވެރިވެފައިވާ ކަމަށެވެ. އޭގެ ތެރެއިން އެންމެ މޮޅު 3 ކުޅުންތެރިންގެ މަގާމު ހޯދި ކުޅުންތެރިން ވަނީ ޖީޓީ7 ލެޖެންޑްސް ސާކިޓްގެ ގްރޭންޑް ފިނާލޭއަށް ކޮލިފައިވެފަ އެވެ. އެއީ:

  • ޗެމްޕިއަން: މުހައްމަދު މާއިޝް (2،500 ރުފިޔާ)
  • ދެ ވަނަ: މުހައްމަދު ޔޫހު (1،500 ރުފިޔާ)
  • ތިން ވަނަ: އަޔާން އަހުމަދު (1،000 ރުފިޔާ)

މި މުބާރާތުގެ ސީޒަން ދޭއްގެ މައުލޫމާތު އުރީދޫ ނޭޝަން އާއި ޑްރެގަން ޒޯންގެ ސޯޝަލް މީޑިއާ މެދުވެރިކޮށް އިއުލާނު ކުރާނެ އެވެ. ޖީޓީ7 ލެޖެންޑްސް ސާކިޓް ގްރޭންޑް ފިނާލޭގައި ދެ ސީޒަނުން ވަނަ ހޯދާ ކޮލިފައިވާ ފަރާތްތަކުން ވާދަކުރާނީ 15،000 ރުފިޔާގެ އަލްޓިމޭޓް ޕްރައިޒް ޕޫލަކަށެވެ.

Ads by HDC