Sunday, 1 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ސްޕޯޓްސް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީގެ މަގާމަށް ޝިޔާއު އައްޔަނުކޮށްފި

ސްޕޯޓްސް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީގެ މަގާމަށް ޝިޔާއު އައްޔަނުކޮށްފި

ސްޕޯޓްސް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ(ޕީއެސް)ގެ މަގާމަށް އަހުމަދު ޝިޔާއު އައްޔަނުކޮށްފި އެވެ.

ސިވިލް ސާވިސް ކޮމިޝަންއިން މިއަދު އެކްސްގައި ބުނީ ޝިޔާއު ސްޕޯޓްސް މިނިސްޓްރީގެ ޕީއެސްގެ މަގާމަށް އައްޔަނުކޮށްފައިވާ ކަމަށެވެ.

ޝިޔާއު ކުރިން ވަނީ އެޓާނީ ޖެނެރަލް އޮފީހުގެ ޕީއެސްގެ މަގާމުވެސް ފުރައްވައިފަ އެވެ.

Advertisement
Ooredoo — Square (box)

ޝިޔާއު އަކީ ސަރުކާރާއި ޕްރައިވެޓް ސެކްޓާގައި ވެސް ފުންނާބު އުސް މަގާމުތަކެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

https://twitter.com/cscmaldives/status/1917194279359025235

އެގޮތުން އޭނާ ވަނީ ޑިފެންސް މިނިސްޓްރީގެ ޑިރެކްޓަރު ކަމާއި، އިސްލާމިކް ޔުނިވާސިޓީގެ ޑިރެކްޓަރު ކަމާއި، އެފްޑަބްލިއު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖަރު އެޑްމިނިސްޓްރޭޝަންގެ މަގާމު ފުރުއްވައިފަ އެވެ.

ޝިޔާއު ވަނީ މެލޭޝިއާގެ އޯޕަން ޔުނިވާސިޓީން  މާސްޓާ އޮފް ބިޒިނަސް އެޑްމިނިސްޓްރޭޝަން ވެސް ހާސިލުކުރައްވައިފަ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް